ބ. އޭދަފުށީގައި ލޮލުގެ ބަލިތަކާ ބެހޭ ދެ ދުވަހުގެ ޚާއްސަ ކޭމްޕެއް ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
ކޮލަމްބޯގެ އޮޕިޓިކަލް އާއި ބ. އަތޮޅު ހޮސްޕިޓަލުު ގުޅިގެން މޭ 12 އިން 13 އަށް ބ. އަތޮޅުހޮސްޕިޓަލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕުގައި ބަލިމީހުން ބެލުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ.
މި ކޭމްޕްގައި ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން ބ. އަތޮޅުހޮސްޕިޓަލުގެ ނަންބަރު 6608309 އާ ގުޅައިގެން އެޕޮއިންޓްމެންޓް ހެދުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފަ އެވެ.