އައިލެންޑް ކަޕްގައި އޭދަފުށީގެ ޓީމެއް ބައިވެރިވެއްޖެ

އައިލެންޑް ކަޕްގެ އިސްތިހާރެއް. މި މުބާރާތުގައި އޭދަފުށީ ޓިމެއް ބައިވެރިވޭ
އައިލެންޑް ކަޕްގެ އިސްތިހާރެއް. މި މުބާރާތުގައި އޭދަފުށީ ޓިމެއް ބައިވެރިވޭ

 

ރައިޒިން ސްޓާ ފޯ ވިލުފުށި ރިކްރިއޭޝަން އިން އިންތިޒާމް ކޮށްގެން ބާއްވާ އެޗްއޭއެފް އައިލެންޑް ކަޕް ފުޓްސަލް މުބާރާތުގައި ބ. އޭދަފުށީ ޓީމެއް ބައިވެރިވެއްޖެ އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ހަތަރު އަތޮޅެއް ފިޔަވައި ދެންހުރި ހުރިހާ އަތޮޅަކުން ޖުމްލަ 32 ޓީމު ބައިވެރިވެފައިވާއިރު، އޭދަފުށީ ޓީމު މުބާރާތުގައި ބައިވެރިވެފައިވަނީ “ވީ އޭދަފުށި” ނަމުގަ އެވެ.

ރައިޒިން ސްޓާ ފޯ ވިލުފުށި ރިކްރިއޭޝަނުން ބުނީ، މިމަހުގެ 14 އިން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވި 32 ޓީމު އަށް ގްރޫޕަކަށް ބަހާލައިރު އޭދަފުށީ ލައްވާލީ ގްރޫޕް ބީ ގައެވެ. އޭދަފުއްޓާއެކު މި ގްރޫޕްގައި ދެން ހިމެނެނީ އއ. މަތިވެރި އާއި ގއ. ކަނޑުހުޅުދޫ އަދި ތ. ތިމަރަފުއްޓެވެ.

ގްރޫޕް އޭ ގައި އޮތީ ފ. ދަރަނބޫދޫ އާއި ހދ. ނޭކުރެންދޫ އާއި ދ. ކުޑަހުވަދޫ އަދި ކ. ހިއްމަފުއްޓެވެ. ހދ. ނާވައިދޫ އާއި ކ. ތުލުސްދޫ އާއި ރ. މަޑުއްވަރި އަދި ތ. ކިނބިދޫ ހިމެނެނީ ގްރޫޕް ސީ ގަ އެވެ.

ގްރޫޕް ޑީ ގައި އޮތީ ތ. ވިލިފުއްޓާއި ލ.ގަމާއި ގދ. ވާދޫ އަދި ހދ. ކުޅުދުއްފުއްޓެވެ. މ. ކޮޅުފުއްޓައި ހދ. ނޮޅިވަރަމްފަރު އާއި ރ. އިނގުރާދޫ އަދި ޏ.ފުވައްމުލައް އޮތީ ގްރޫޕް އީ ގައެވެ.

ބ. ހިތާދޫ އާއި ފ.ބިލެއްދޫ އާއި އައްޑޫހުޅުދޫ އަދި ރ. މީދޫ ގްރޫޕް އެފް ގައި ހިމެނުނުއިރު، ގްރޫޕް ޖީ ގައި ވާދަކުރަނީ ފ. ނިލަންދޫ އާއި ގދ. ތިނަދޫ އާއި ކ. ގާފަރު އަދި ނ. ހެނބަދޫ އެވެ. ރ. ހުޅުދުއްފާރާއި އެ އަތޮޅު ރަސްމާދޫ އާއި ދުވާފަރު އަދި ހއ. ތަކަންދޫ ހިމެނެީ ގްރޫޕް އެޗް ގަ އެވެ.

ޖުމްލަ 60 މެޗް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތު ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މާފަންނު މިނީ ފުޓްސަލް ދަނޑުގައެވެ.

ދިރާގާއި އެސްޓީއޯގެ އެއީތެރިކަމާއެކު، ރައިޒިން ސްޓާ ފޯ ވިލުފުށި ރިކްރިއޭޝަންއިން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރ. ހުށަހަޅާފައިވާއިރު ރަނާ އަޕް ޓީމަށް ހުށަހަޅާފައިވަނީ 10،000 ރ. އެވެ.

އޭދަފުށީ ޓީމުގެ މެނޭޖަރު ސަލްމާން ވަހީދު ބުނީ ސަޕޯޓަރުން އެހީ ޓީމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި މި މުބާރާތުން ރަށަށް ރީތި ނަމެއް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ޓީމު ސްޕޮންސާ ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

————————————————————–

އޭދަފުށި ޓީމް:

އަހްމަދު ހަނީފް

އިޝާން އިބްރާހިމް

އަލީ ޒުބައިރު

އަބްދުﷲ ނާސިޙް

އިބްރާހިމް ހުސައިން

އައްފާލް އަބްދުލް ހަމީދު

އިބްރާހިމް ޒާހިރު

މުއާޒު އަލީ

ޝާރިފް އަބްދުލްމަޖީދު

ހަމްދާން އަބްދުއްސައްތާރު

މުހައްމަދު ޖަޒްލާން

އަހްމަދު އިރުފާން

އަހްމަދު ނިޔާޒް (ކޯޗް)

ފައުޒާން ހަބީބު (އ. ކޯޗް)

ސަލްމާން ވަހީދު (މެނޭޖަރު)

ސަދީމް އިބްރާހިމް (އޮފިޝަލް)

ޝަހްދާން ހަބީބު (އޮފިޝަލް)

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.