އޭދަފުށީގެ ހިއްކި ބިން ގިރަން ފަށައިފި

އޭދަފުށީ ހިއްކި ސަރަހައްދުގައިކުދިންތަކެއް ހިނގާފައިދަނީ. ހިއްކި ބިންވަނީ ގިރަން ފަށާފައި-- ފައިލް ފޮޓޯ
އޭދަފުށީ ހިއްކި ސަރަހައްދުގައިކުދިންތަކެއް ހިނގާފައިދަނީ. ހިއްކި ބިންވަނީ ގިރަން ފަށާފައި– ފައިލް ފޮޓޯ

ބ. އޭދަފުށީގައި ދާދި އިހަކަށް ދުވަހު ހިއްކި ބިން ގިރަން ފަށައިފި އެވެ.

ބިން ހިއްކުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މިރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު ވިދާޅުވީ، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ހިއްކި ބިން އެކި ސަރަހައްދުތަކުން ގިރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމާ ކަންބޮޑުވާން ނުޖެހޭ ކަމަށެވެ.

“މި ޕްރޮޖެކްޓަކީ ސަރުކާރުން ކުރިޔަށްގެންދާ ޕްރޮޖެކްޓެއް. ޕްރޮޖެކްޓްގެ މުއްދަތުގެ ތެރޭގައި ރިވެޓްމަންޓްޖަހާ ނިމޭއިރު ހިއްކަންޖެހޭ އަދަދަށް ބިންހަމަ ކޮށްދޭނެކަމުގެ ޔަގީންކަން ބޮސްކާލިސްއާއި ސަރުކާރުންވެސް ވަނީ ދީފައި” އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ފެށޭވަރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތް އަވަސްކުރުމަށްޓަކައި ކައުންސިލްގެ ޓީމެއް އަންނަ ހަފްތާތެރޭގައި މާލެ ގޮސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އޭދަފުށީގެ ބިން ހިއްކާފައިވަނީ ނެދަލެންޑްސްގެ ބޮސްކާލިސް އިންޓަނޭޝަނަލް އާ ހަވާލުކޮށްގެން ދިވެހި ސަރުކާރުގެ ބަޖެޓުން ގާތްގަޑަކަށް 126 މިލިޔަން ރުފިޔާ ޚަރަދުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އޭދަފުށީގެ ބިން ހިއްކުމަށްފަހު، ޖިއޯ ބޭގްސް ބޭނުންކޮށްގެން ރަށް ހިމާޔަތްކޮށް، އެންމެ ބޮޑަށް ގިރާނެ ކަމަށް ބެލެވޭ ސަރަހައްދުގައި ބޮޑު ހިލަޖަހަން އެގްރީމެންޓް ކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. އަޙްމަދު ޢަލީ

    އެންމެ ފަހުގެ ފޮޓޯލައިދިބަލަ. އަދި ރަށް މަތިންނަގާފައިވާ ފޮޓޯއެއް ލައިދީބަލަ. ނޫސްވެރިކަން ކުރަން އަދިވެސް ދަހެއްނުވޭ. ކޮންމެފަހަރަކު ބުނެދޭން މިޖެހެނީ.

    ރައްދު
  2. m.riza.r

    އަބަދުވެސް ގިރާނެ ، ވޮޑޭނެ އެއީ މާބޮޑު މައްސަލައަކަށް ހަދައިގެން ކައުންސިލަރުންގެ އަގުވެއްޓޭ ފަދަ ގޮތްގޮތައް ވާހަކަތަޢް ފެތުރުމަކީ ވަރަށް ހިތާމަހުރި ކަމެއް، ކޮންމެ މީހަކަށްވެސް އެގޭނެ ފަދައިން ބޮޑު ހިލަ ޖަހަނީ ކައުންސިލަރުން ނޫންކަން ބޮޑުހިލަ ނުވަތަ ޖިއޯ ބޭގްސް ޖެހުމަށްވަނީ ވަކި ބަޔަކާ ހަވާލް ކޮށްފައި ވަކިމުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ދާނީ ވަކި ތަރުތީބަކުން ކުރެވެމުން ކައުންސިލަރުން އެއްރޮއްޖަށް ފޫގަޅައިގެން ބޮޑުހިލަ ޖަހަން ނިކުތަކަސް އެކަންކަމެއް ނުކުރެވޭނެ ،،،،،،،،،،،،،،،،،،،،،،،

    ރައްދު
  3. އަޙްމަދު ރަޝީދު / ސީޓޭ

    ޒިންމާދާރުކަމާއެކު، ރަށު ކައުންސިލް ހިންގާކަމުގެ ތަސްވީރު ކުރެހެމުންދާ ކަމުގެ ނިޝާންތައް ފެންނާތީ، އެކަމާ އުފާކުރަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.