ޕޮލިސް ކޮމިޝަނަރު އޭދަފުށީގައި

ކޮމިޝަނަރު މިހާރު ކުރައްވަމުން ގެންދަވާ ދަތުފުޅުގެ ތެރެއިން -- ފޮޓޯ: ޕޮލިސް މީޑިއާ
ކޮމިޝަނަރު މިހާރު ކުރައްވަމުން ގެންދަވާ ދަތުފުޅުގެ ތެރެއިން — ފޮޓޯ: ޕޮލިސް މީޑިއާ

ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު މިއަދު އޭދަފުއްޓަށް ވަޑައިގެންފި އެވެ.

މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރ. އަދި ބ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ކޮމިޝަނަރު ވަނީ މިއަދު މެންދުރުފަހު ބ. އަތޮޅު ކައުންސިލާއި، އޭދަފުށީ ކައުންސިލް އަދި ސަރުކާރުއޮފީސްތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައި ފުލުހުންގެ މަސައްކަތްތައް މިހާރު ކުރިޔަށްދާ ގޮތާއި ފުލުހުންގެ މަސައްކަތް އިތުރަށް ކުރިއެރުވޭނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކޮށްފައެވެ.

މި ދަތުރުފުޅުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީއާއި، ޑިވިޝަނަލް އޮޕަރޭޝަންސްގެ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ރަޝީދާއި، ސްޕެޝަލިސްޓް ކްރައިމް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހަސަން ހަބީބްގެ އިތުރުން ކޮމިޝަނަރސް ބިއުރޯގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނު ބައިވެރިވެ ވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.