ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ޔުނިޓެއް ހުޅުވައިފި

އޭދަފުށީގައި މިއަދު ހުޅިވި ސެމް ޔުނިޓް-- ފޮޓޯ / ބއތމ
އޭދަފުށީގައި މިއަދު ހުޅިވި ސެމް ޔުނިޓް– ފޮޓޯ / ބއތމ

ހުރިހާ ކުދިން ޝާމިލުކޮށްގެން ތައުލީމް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދިނުމަށްޓަކައި ބ. އޭދަފުށީގައި ޚާއްސަ ޔުނިޓެއް ހުޅުވައި ޚިދުމަތްދޭން ފަށައިފި އެވެ.

“ކުލުނު ހިޔާ” ގެ ނަމުގައި ބ. ޓީޗާ ރިސޯސް ސެންޓަރުގައި ހެދި މި ޔުނިޓް މިއަދު ހެނދު ހުޅުވައިދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލް އެވެ.

ޔުނިޓް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވުން އާދިލް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން މިއަދު ހުޅުވުނު މި ހިޔާ އަކީ ރައްޔިތުން ބަލައިގަންނާނެ ހިޔާއެއް ކަމަށާއި މިކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހުރިހާ ފަރާތްތަކެއް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. އަދި ބ. އަތޮޅުގެ އެހެން ރަށްރަށުގައި ހާއްސައެހީއަށް ބޭނުންވެފައިތިބި ކުދިން ދެނެގަތުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށްވެސް އާދިލު އެދިވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިލް އަލީ އިމާދު ވިދާޅުވީ ޔުނިޓްގައި ކިޔަވައިދެއްވާނީ މިކަމަށް ހާއްސަ ޓްރޭއިން ލިބިފައިވާ ޓީޗަރުން ކަމަށެވެ.

އޭދަފުށީގައި މިއަދު ހުޅިވި ސެމް ޔުނިޓް-- ފޮޓޯ / ބއތމ
އޭދަފުށީގައި މިއަދު ހުޅިވި ސެމް ޔުނިޓް– ފޮޓޯ / ބއތމ

“މި ޔުނިޓްގައި މިވަގުތު އެފަދަ ކުދިންނަށް ބޭނުންވާ އެންމެ ފުރިހަމަ ފަރުވާ ނުދެވި ހިގައިދާނެ. އަޅުގަނޑުމެން ބޭނުންވޭ އިތުރު ތަމްރީނާއި އެކުދިންނަށް ދޭންޖެހޭ ފަރުވާ ދިނުމަށްޓަކައި އިތުރު ވަސީލަތްތައް. އެހެން ނަމަވެސް މިވަގުތު މިތަނުގައި ގާއިމުވެފައި ހުރި ބައެއް ވަސީލަތްތައް ބޭނުންކޮށްގެން އެކުދިންނަށް ބޭނުންވާ ތެރަޕީސް ތައް ދެމުންގެންދާނެ. އަދި އިތުރަށް މިއަހަރު އަޅުގަނޑުމެން ބައެއްތަކެތި ހޯދަން ހަމަޖެހިފައިވެސް ވޭ”

މި ތަނުގައި މިހާރު ހަތަރު ކުއްޖަކު ކިޔަވަމުން ދެ އެވެ. އަދި ނުކުޅެދުންތެރިކަން ހުރުމުގެ ސަބަބުން ތައުލީމު ނުލިބޭ އިތުރު ކުދިންތަކެއް ރަށުގައި އުޅޭއިރު އެ ކުދިން ރަޖިސްޓްރީކޮށްގެން އެތަނުގައި ކިޔަވައިދެމުން ގެންދާނެ ކަމަށް ތައުލީމި މަރުކަޒުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. (Abdul Hameed Abdul Kareem (SK

    ޒުހޭރުގެ ތިވާހަކައަކީ ހަގީގަތެއްނަމަ ތިކަމާ އަޅުގަނޑު ވ.ހިތާމަކުރަން. އަދި ޒުހޭރުގެ މި ކޮމެންޓަކީ ކިހާވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއްތޯ ސްކޫލުގެ ފަރާތުން ބައްލަވާ ސާފުކޮއްދެއްވުންއެދި ސްކޫލަށް އަޅުގަނޑު ގޮވާލަން. ދަންނަވަންތޯ ޒުހެއިރު. އަޅުގަނޑަކީ ފަގީރު މަސްވެރި އާއިލާއަކަށް އޭދަފުއްޓަށް އުފަން އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ މީހަކީމެވެ. އަޅުގަނޑުގެ ނުކުޅެދޭ ދެކުދިން މިހާރު ތިޔަ ސްކޫލުން ތައުލީމު ހާސިލް ކުރަމުން ގެންދެއެވެ. ނަމަވެސް މި ކުދިންނާ ދޭތެރޭ ސްކޫލުގެ ފަރާތުން ވަރަށް ބޮޑަށް ސަމާލުވެ މިކުދިން ބަޔަކަށް ހެދުމަށްޓަކައި ކުރައްވަމުން ގެނަދަވާ މިންނެތް މަސައްކަތުގެ ސަބަބުން އަޅުގަނޑު މިހުރީ އުފަލުން ފެންކަޅިވެފައެވެ. އަޅުގަނޑުގެ ދެމަފިރިންނާއި ސްކޫލާއި ގުޅިގެން މިކުދިންނަށްޓަކައި ކުރަމުންމިގެންދާ ބުރަ މަސައްކަތުން މީގެ ތެރެއިން އެއްކުއްޖަކަށް ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި %60 ގެ ކުރިއެރުމެއް ލިބިފައިވާކަން މިފުރުސަތުގައި ފާހަނގަކުރަން. ވީމާ އަޅުގަނޑުގެ ދެކުދިންނަށް ސްކޫލުގެ ފަރާތުން އެއްވެސް ތަފާތުކުރުމެއް ގެންގުޅުއްވާކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ.

    ރައްދު
  2. މުޙައްމަދު ޒުހޭރު

    ވިކި ބަޔެއްގެ ކުދިންނަށް ޚާއްޞަކުރެވިގެން މިމަސައްކަތް ކުރިއަށް ގެންދެވޭނަމަ ވަރަށް ހިތާމަ ހުރި . ސަބަބަކީ މީގެ ކުރިންވެސް މިތަނުގައި ނުކުޅެދޭ ކުދިން އުޅެފައި ހިގައްޖެ. ނަމަވެސް އެކުދިންނަށް އެއްވެސް ވަރަކަށް ކިޔަވައިދެވިފައެއް ނެތް. ފޮނުވާލަނީ ގެއަށް. މިކަން ރަގަޅަށް ގެންދާނެކަމަށް ހީކުރަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.