ބައެއް ސްކޫލުތަކުގެ މި އަހަރުގެ ފުރަތަމަ ޓާމް ޓެސްޓް މިއަދު ފަށައިފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މިއަދު ޓެސްޓް ފަށައިފައި ވަނީ ހަމައެކަނި ސެކަންޑަރީ ގްރޭޑް ތަކަށެެވެ. ޕްރައިމަރީ ގްރޭޑްތަކުގެ ޓެސްޓް ފަށާނީ އަންގާރަ ދުވަހު އެވެ.
ޕްރައިމަރީ އާއި ސެކަންޑަރީ ގްރޭޑް ތަކުގެ ޓެސްޓް ތަފާތު ދެ ތާރީހެއްގައި ފަށާ ނަމަވެސް ޓެސްޓް ނިމޭނީ ހުރިހާ ގްރޭޑެއްގައި ވެސް މި މަހުގެ 27 ގަ އެވެ. ދެ ވަނަ ޓާމަށް ފަހު ސްކޫލުތައް ބަންދުވާނީ ޖޫން މަހުގެ 8-12 އަށެވެ. އަދި ހަފުތާއެއްގެ ބަންދަކަށް ފަހު ދެ ވަނަ ޓާމްގެ ކިޔެވުން ފަށާނީ ޖޫން މަހުގެ 15 ގަ އެވެ.
ފުރަތަމަ ޓާމު ޓެސްޓް މިއަދު ފެށިއިރު މިއަހަރުގެ އޭ ލެވެލް އިމްތިހާނުވެސް މިހާރުކުރިއަށްދެ އެވެ. އަދި މިއަހަރު އަލަށް އެ ސްކޫލުގެ ގްރޭޑް 11 އަށް ވަން ދަރިވަރުންގެ ކިޔެވުންވެސް ފެށިގެން ކުރިއަށް އެބަދެ އެވެ.