ދަރަވަންދޫގައި އިމެޖެންސީ މެޑިކަލް ސާވިސް ސެންޓަރެއް އަޅައިދޭނެ ބަޔަކު ހޯދަނީ

ދަރަވަންދޫ ސިއްހީ މަރުކަޒު

ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގައި އިމެޖެންސީ މެޑިކަލް ސާވިސް ސެންޓަރެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ދަރަވްނަދޫ ސިއްހީ މަރުކަޒުގައި އިމެޖެންސީ މެޑިކަލް ސާވިސް ސެންޓަރެއް އިމާރާތްކޮށްދޭން ބޭނުންވާ ފަރާތްތަކުން މި ބީލަމުގައި ބައިވެރިވެވޭނީ، އަނބުރާ ނުލިބޭ ގޮތަށް، 500ރ. ގެ ރަޖިސްޓަރީ ފީއެއް ދެއްކުމުންނެވެ. ބީލަން ހުށަހެޅޭނީ ޕްލޭނިން މިނިސްޓްރީގެ “އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު”ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 40،000ރ. ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބީލަމަށް ހުޅުވާލާ ތާރީހުން ފެށިގެން 148 ދުވަހެވެ.

މި ޕްރޮޖެކްޓުގެ ބީލަން ހުޅުވާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އެ ތާރީހުގެ ފަހުން ހުށަހަޅާ އެއްވެސް ބިޑެއް ގަބޫލު ނުކުރާނެ އެވެ.

ފިނޭންސުން ބުނި ގޮތުގައި، ބީލަންތައް ހުށަހަޅަން ޖެހޭނީ ބީލަމަށް ދީފައިވާ ނަމާއި ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ބޭރުގައި ލިޔުމަށް ފަހު، ސިޓީ އުރައެއްގަ އެވެ.

މި މަސައްކަތާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިއީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ޚަރަދުކުރުމަށް ނިންމާފައިވާ މަޝްރޫޢެއްކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ނޯޓް: ހަބަރު އިސްލާހު ކުރެވިފައި. (ކުރިން މަސްމާރުކޭޓް ކަމަށް ލިޔެވިފައިވަނީ އޮޅުމަކުން، ރަނގަޅު ގޮތަކީ
އިމެޖެންސީ މެޑިކަލް ސާވިސް ސެންޓަރެއް)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.