ގަދަ ދިހައެއްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 14 ދަރިވަރުން

އޯލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުން -- ފޮޓޯ / ހަރުޝާ
އޯލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުން — ފޮޓޯ / ހަރުޝާ

 

މިދިޔަ އަހަރު ފަހުކޮޅު ބޭއްވި ކެމްބްރިޖް އޯ ލެވެލް އިމްތިހާނުގައި މުޅި ރާއްޖެއިން އެންމެ ރަނގަޅު ދިހަ ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 14 ދަރިވަރަކު ހިމެނިއްޖެ އެވެ.

އޯލެވެލްގެ ގަދަ ދިހައެއް އިއުލާން ކުރުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އަށް މާއްދާއިން އޭ ފާސް ހޯދައިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކު ވަނީ އެއްވަނަ ހާސިލްކޮށްފަ އެވެ. އެއީ އޭދަފުށީ ހަލީމާހައުސް އާމިނަތު ޝީނީޒް އާއި އިރުދޭމާގެ އިޒުހާތު ޝަމީމު އެވެ.

މީގެ އިތުރުން ގަދަ ދިހައެއްގެ ދެ ވަނައިގައި އޭދަފުށީ އަނޯނާގޭ އައިޝަތު ޝަހުދާ އާއި، އަލިތަރި، އަޝްހަދު އަލީ އާއި ކިހާދޫ ރޯޝަނީގޭ އައިޝަތު ނަސްމާ އާއި ހަތަރު ވަނައިގައި ރ. އިނގުރައިދޫ ފަތަނދުމާގޭ އާމިނަތު ލަޔާ އާއި ކުޑަރިކިލު ފްރެސްކޯ ތޮލާލު ނަސީރު އާއި ފަސްވަނައިގައި އދ. ލަންދޫ ބީޗްހައުސް އަހްމަދު ޝާމިން އާއި ހަ ވަނައިގައި މާޅޮހު ނަފާޕެލަސް ހަސަން ސަމޫހުއާއި، އޭދަފުށީ މޫސުމް ރަބީއު މުހައްމަދު ހިސާން އަބްދުއްރައްޒާގު އާއި ކިހާދޫ ހުވަނދުމާގެ މުހައްމަދު ނަޒީހު އާއި އަށް ވަނައިގައި އޭދަފުށީ ނާޒް އައިޝަތު މަހާ އާއި ނުވަ ވަނައިގައި އޭދަފުށީ ތުނިވެލި ބަޝިރާ އިބްރާހިމް އަދި ދިހަ ވަނައިގައި އޭދަފުށީ ދޭލިޔާގޭ، އަހުމަދު އުޝާން މުހައްމަދު ވަނީ ހިމެނިފަ އެވެ.

މިއީ މިހާތަނަށް އޯ-ލެވެލް އިންތިހާނުން އެ މަރުކަޒުގެ ގިނަ ދަރިވަރުންތަކެއް ގަދަ ދިހައެއްގައި ހިމެނުމުގެ ފުރަތަމަ ފަހަރެވެ. 2012 ވަނަ އަހަރު އޯ-ލެވެލް އިމްތިހާނުން ގަދަދިހައަކަށް އަރާފައިވަނީ އެ މަރުކަޒުގެ އެގާރަ ދަރިވަރުންނެވެ.

މީގެ އިތުރުންވެސް މިއަތޮޅު ބައެއް ސްކޫލުތަކުގެ ދަރިވަރުން ވަނީ އޯލެވެލް ޓޮޕްޓެން ގައި ހިމެނިފަ އެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒަށްް “ސްކޫލް ޕްރޮގްރެސް އެވޯޑް” ލިބުމާ ގުޅިގެން އެ ސްކޫލަށް އެ އެވޯޑް ދީފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

  1. niuma ahmed

    ބ.އަތޮޅު ތަޢުލީމީ މަރުކަޒުން 2013 ވަނަ އަހަރު އޯލެވެލް އިމްތިހާނު ނިންމާ ރަންވަނަތައް ޙާޞިލް ކުރި ހުރިހާ ދަރިވަރުންނަށްވެސް މަރުހަބާދަންނަވަން. އަދި ކުރިއަށް އޮތްތަނުގައި އާ ހިތްވަރަކާ އެކު މަސައްކަތްކޮށް އޭލަވެލްގައިވެސް ހަމަ ތިޔަފަދަ ރަންވަނަތަކެއް ޙާޞިލް ކުރުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ހުރިހާ ކުދިންނަށްވެސް ނަސޭޙަތްތެރިވަން. ކާމިޔާބަކީ މަސައްކަތްތެރީންގެ ޙައްގެއްކަން ޔަޤީން.

    ރައްދު
  2. Abdul muhaimin

    ހުރިހާ ދަރިވަރުންނަށްވެސް ވަރަށް ބޮޑަށް މަރުޙަބާ! އާމިނަތު ލަޔާ އަކީ އަޅުގަނޑު ބޭބެ އެއްގެ ދަރިއެއް. މިދަރިވަރު ގުރޭޑް 1 ން ގުރޭޑް 9 ގެ ފުރަތަމަ ޓާމް ނިމެންދެން ތަޢުލީމު ޙާޞިލު ކުރީ އިނގުރައިދޫ ސުކޫލުގައި. ކޮންމެ އިމްތިޙާނެއްގައިވެސް ރަންވަނަތަކެއް ހޯދަމުން އައި ދަރިވަރެއް. އިނގުރައިދޫ ސުކޫލުގައި ހުރެގެން އޯލެވެލް ހެދި ނަމަވެސް ޓޮޕް ޓެންގައި ހިމެނޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ދަރިވަރެއް. މިދަރިވަރާ އެކު އިނގުރައިދޫ ސުކޫލް އެއްކުލާހެއްގައި ވާދަކުރި އަންހެން ދަރިވަރަކަށްވެސް ވަނީ ގަދަދިހައެއްގައި ވާދަކޮށް 5 ވަނަ ލިބިފައި.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.