ޖުވޭސް ކެފޭއިން ބ. އޭދަފުށީގައި ކައްކަން ދަސްކޮށްދޭ ކޯހެއް ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެތަނުން ބުނެފި އެވެ.
ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ޖޫންމަހުގެ ކުރީކޮޅު ފަށާ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.
ކޯސް އިންތިޒާމުކުރާ ފަރާތުން ބުނީ ފީއެއްގެ ގޮތުގައި 500ރ. ނަގައިގެން 3 ދުވަހުގެ މުއްދަތަށް ހިންގާ ކޯހުގައި ރެސްޓޯރަންޓް ތަކުގައި ތައްޔާރުކުރާ ކެއުންތަކުގެ އިތުރުން ޝޯޓް އީޓްސްގެ އައިޓަމްތައްވެސް ދަސްކޮށްދޭނެ ކަމަށެވެ.
މި ކޯހުގައި ކިޔަވައިދޭނީ ކެއްކުމުގެ ދާއިރާއިން ފޮތްތައް ނެރުމާއި މީހުން ތަމްރީނު ކުރުމުގެ ގިނަ އަހަރުތަކެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ޖުވޭރިޔާ ވަޖުދީ އެވެ.
ކޯސް ކުރިއަށް ގެންދާނީ ދުވާލާއި ރޭގަނޑު އޭދަފުށީ މަލްޓިޕާޕަސް ހޯލުގައެވެ.
ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 7978722 ނަންބަރަށް ގުޅައިގެން މިހާރު ނަން ނޯޓް ކުރެވޭނެ އެވެ.