ގައުމީ ޓީމުގެ ފުރަތަމަ 11 އަށް ބަދަލު ގެންނަން ޖެހޭ: ޖަމްބޭ

ކުރީގެ ގައުމީ ޓީމުގެ ޑިފެންޑަރު ޖަމްބޭ-- ފޮޓޯ / ސަން
ކުރީގެ ގައުމީ ޓީމުގެ ޑިފެންޑަރު ޖަމްބޭ– ފޮޓޯ / ސަން

އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކިރްގިސްތާނާ ދެކޮޅަށް ދިވެހި ގައުމީ ޓީމް ނުކުންނައިރު، ދިވެހި ޓީމުގެ ފުރަތަމަ 11 ބަދަލު ގެންނަން ޖެހޭ ކަމަށް 2008ގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ ހޯދައިދިން ޓީމުގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) ބުނެފި އެވެ.

މެނދު ނުކެޑި 10 އަހަރު ގައުމީ ޓީމުގެ މުހިންމު ޑިފެންސްގެ ރޯލް އަދާކުރި ޖަމްބޭ ސަން އޮންލައިނަށް ދީފައިވާ އިންޓަވިއުއެއްގައި ބެނެފައިވަނީ، ފުރަތަމަ މެޗުގައި މިޔަންމާ އަތުން 2-3 ލަނޑުން ރާއްޖެ ބަލިވުމުގެ އެންމެ ބޮޑު އެއް މައްސަލައަކީ ގައުމީ ކޯޗް މަމިޗް ފުރަތަމަ 11 އަށް ނެރުނުނު ކުޅުންތެރިންގެ ސަބަބުން ކަމަށެވެ. އެގޮތުން ޑިފެންސާއި މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ މުހިންމު ކުޅުންތެރިން ފުރަތަމަ 11 އިން ނުފެނި އެކުޅުންތެރިން ބެންޗުގައި ތިބި ތިބުމަކީ ރާއްޖެ ރޭ ބަލިވުމުގެ އެންމެ ބޮޑު ސަބަބު ކަމަށްވެސް ޖަމްބޭ ބުންޏެވެ.

“ކުރިއަށް އޮތް މެޗުގައި އެކަންކަން ރަނގަޅު ކުރަން ޖެހޭނެ. ކުރިއަށް އޮތް ދެ މެޗަކީ ރާއްޖެ އަށް މުހިންމު ދެމެޗެއް. ރޭގެ މެޗުގައި ޓީމުގެ ޑިފެންޑާރުންގެ ފަރާތުން ފެނިގެން ދިޔައީ އެންމެ އެދެވޭ ކުޅުމެއް ނޫން. އަހަރެން އެކަމާ ކަންބޮޑުވޭ. އަހަރެންގެ ހުރިހާ ވެސް އުންމީދަކީ ޓީމަށް ރަނގަޅު ކާމިޔާބީއެއް ލިބުން،” ޖަމްބޭ ބުނެފައިވެ އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިނަ ޓީމްތަކަށް ކުރިން ކުޅެފައިވާ ޖަމްބޭ ބުނީ، ގައުމީ ކޯޗް މަމިޗް މިފަރު ސްކޮޑަށް ނެގި ކުޅުންތެރިނާ މެދު ހިތްހަމަ ޖެހޭ ކަމަށާއި މޮޅެތި ކުޅުންތެރިން ބެންޗުގައި ބެހެއްޓުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

ދެހާސް އެއްް ވަނަ އަހަރުން ފެށިގެން ސީނިއާ ގައުމީ ޓީމުގެ ދިފާއުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަމުން އައި އޭދަފުއްޓަށް އުފަން ޖަމްބޭ ބުނީ، މުހައްމަދު އާރިފް (ބަކާ) އާއި ފާއިތުވި ތިން އަހަރު ގައުމީ ޓީމުގެ ޑިފެންސްލައިން ބެލެހެއްޓުމުގައި މުހިންމު ރޯލެއް އަދާކުރި ޝާފިއު އަހުމަދު (ޝާފީ) އަށް ކުރިއަށް އޮތް މެޗުގެ ފުރަތަމަ 11 އިން ޖާގަ ދިނުން ވަރަށް މުހިންމު ކަމަށެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި މުހައްމަދު އާރިފް (ބަކާ) ކުޅެން އެރި ނަމަވެސް، ސާފީއަކަށް ރޭގެ މެޗުގައި ކޯޗް މަމިޗް ޖާގަ ދީފައެއް ނުވެ އެވެ.

ގްރޫޕް އޭގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މިރޭޭ ބައްދަލު ކުރާނީ ކިރްގިސްތާނާ ދެކޮޅަށެވެ. މެޗް ފަށާނީ ރޭ ގަނޑު 9:00 ގަައި ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Ah.Yashau

    ޖަންބޭއަށް ތާއީދު….. ފުރަތަމަ 11 އަށް ބަކާ އާއި ޝާފީ އަރަން ޖެހޭ…. އިންމަ ގޯލަށް، އަކޫ އާއި ޝާފީ ލާސްޓަކަށް، ރިލޭ އާއި ހޮކޭ ސައިޑް ބެކަށް، އަޑުބަރޭއާއި ބަކާ ޑީއެމްއަކަށް، ސެންޓޭ އާއި އުމައިރު ދެފަޅި ވިންގަށް، ބޮންޑާ ސަޕޯޓިން ސްޓްރައިކަރ އަކަށް، ދަގަނޑޭ މެއިން ފޯވާޑަކަށް ލާން ފެނޭ…..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.