ތައުލީމީ މަރުކަޒުގައި 4 ބުރީގެ އާ އިމާރާތެއް ހަދަނީ

ބ.
ބ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުރި ދުވަސްވީ ތިން ކްލާރޫމް ތަޅާލައި އަލުން ހަތަރު ބުރީގެ އާ އިމާރާތެއް ހަދަން ހަމަޖެހިފައިވާ ކަމަށް އެ މަރުކަޒުން ބުނެފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހްމަދު އަލީ މިއަދު ވިދާޅުވީ އެތަން ތަޅާލައި އާ އިމާރާތެއް އަޅަނީ އެ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ކަމަށެވެ.

“މިހާރު ހުރި ތިން ކްލާސްރޫމް ތަޅާލައި ބިން ސާފުކުރުމަށް ވާނީ ބަޔާކާ ހަވާލުކޮށްފައި، ބިން ސާފުކޮށް މިނިސްޓްރީއަށް ބިން ދެއްކުމާއެކު އިމާރާތް ކުރާނެ ބަޔަކު ހޯދަން ބިޑަށްލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މިނިސްޓްރީން. މިއަހަރުތެރޭ އިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ،” އަހްމަދު އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އިމާރާތް ތަޅާލުމަށްފަހު  އެތަނުގައި އެޅުމަށް ހަމަޖެހިފައިވަނީ ހަތަރު ބުރީގެ 12 ކްލާސް ރޫމެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ވޯލްޑް ބޭންކްގެ އެހީގައި އަޅާ މި އިމާރާތުގެ ކްލާސް ރޫމުތަކުގެ މަސައްކަތް ނިމުން އެ ސްކޫލުން ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި ޓީއާރުސީގައި ގާއިމުކުރި ހާާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޔުނިޓްވެސް އާ އިމާރާތަށް ބަދުލުކުރެވޭނެ ކަމަށް އެ ސްކޫލުން ބުންޏެވެ.

ގްރޭޑް 1 އިން 12 އަށް ކިޔަވައިދެމުން ގެންދާ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިވަގުތު 700 އަށް ވުރެ ގިނަ ކުދިން ތައުލީމު ހާސިލުކުރަމުން ދެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.