“އެންމެ އަލިގަދަ ތަރި” ގެ އޭދަފުށީ އޮޑިޝަން ޖޫން 6 ގައި

"އެންމެ އަލި ގަދަ ތަރި" ޤުރުއާން މުބާރާތުގައި ބައިވެރިޔަކު މިދިޔަ އަހަރު ކިޔަވަނީ. މއަހަރުގެ މުބާރާތަށް ފުރުސަތު މިހާރުވަނީ ހުޅުވާލައިފައި.--/ ހަވީރު ފޮޓޯ
“އެންމެ އަލި ގަދަ ތަރި” ޤުރުއާން މުބާރާތުގައި ބައިވެރިޔަކު މިދިޔަ އަހަރު ކިޔަވަނީ. މިއަހަރުގެ މުބާރާތަށް ފުރުސަތު މިހާރުވަނީ ހުޅުވާލައިފައި.–/ ހަވީރު ފޮޓޯ

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްބީސީން) ރޯދަ މަހު ބާއްވާ ގުރުއާން މުބާރާތް “އެންމެ އަލިގަދަ ތަރި” ގެ އޭދަފުށީ އޮޑިޝަން އަންނަމަހުގެ 6 ގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

މިފަހަރު ރާއްޖޭގެ ފަސް ހިސާބެއްގައި އޮޑިޝަން ކުރިއަށް ގެންދަން ނިންމާފައިވާއިރު އޭދަފުށީގެ އިތުރުން އޮޑިޝަންތައް ބާއްވާނީ ހއ. ދިއްދޫ އާއި ފ. ނިލަންދޫގެ އިތުރުން މާލެ އަދި އައްޑޫ ސިޓީ ހިތަދޫގަ އެވެ.

100،000ރ. ހުށަހަޅާފައިވާ މުބާރާތުގެ އޮޑިޝަނުގައި ބައިވެރިވުމަށް ނަން ނޯޓު ކުރުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މުބާރާތުގައި ބައިވެރިވުމަށް ނަންނޯޓް ކުރުމަށް އެ ރަށެއްގެ ކީވޯޑް ޖެހުމަށް ފަހު އެމީހެއްގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި އުމުރު އަދި އައިޑީ ކާޑު ނަންބަރާ އެކު 300 އަށް އެސްއެމްއެސް ފޮނުވުމުން ނަން ނޯޓު ކުރެވޭނެ އެވެ.  މި މުބާރާތުގައި، 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރި ވެވޭނެ އެވެ.

އޭދަފުށީ އޮޑިޝަންގެ ކީވޯޑަކީ އީޓީއީ އެވެ.

ޕްރޮގްރާމުގެ ޕްރޮޑިއުސަރު އޭދަފުއްޓަށް އުފަން މުޖްތަބާ ރަޝީދު (މުޖޫ) ވިދާޅުވީ މި އަހަރުގެ މުބާރާތުގައި ވެސް ބައިވެރިކުރާނީ 12 މީހުން ކަމަށެވެ. އެގޮތުން މި އަހަރުގެ މުބާރާތަށް ހޮވާ 12 މީހުންގެ ތެރެއިން ހަތަރު މީހެއް ހޮވާނީ މާލެއިން ކަމަށާއި ރަށްރަށުގައި ބާއްވާ އޮޑިޝަންތަކުން ބައިވެރި ކުރުވާނީ ކޮންމެ ރަށަކުން ދެ މީހުން ކަމަށް މުޖޫ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.