ބެޑްމިންޓަން މުބާރާތް މިއަދު ހަވީރު ފަށަނީ

3563

ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމެޓީ ގުޅިގެން ބާއްވާ ބެޑްމިންޓަން މުބާރާތް މިއަދު ހަވީރު ފަށާނެ އެވެ.

އޭދަފުށީގައި ހުރި ސަރުކާރު އޮފީސް/ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގެ ފިރިހެން ބައިގައި ބައިވެރިވީ އަށް ޓީމެވެ. އެއީ ބ. އަތޮޅު ތައުލީމީ މަރުކަޒާއި އަތޮޅު ހޮސްޕިޓަލާއި ބަޔޮސްފިއާ ރިޒާވް އާއި އަތޮޅު ކައުންސިލާއި ބޭންކް އޮފް މޯލްޑިވްސް އާއި ދިރާގާއި ޕޮލިސް އާއި އެސްޓީއޯ އާއި އަދި ދިރާގެވެ.

އަންހެން ބައިގައި ބައިވެރިވެރިވެފައިވަނީ 5 ޓީމެވެ. މުބާރާތުގައި ކުޅޭނީ މުޅިންވެސް ޑަބަލްސް އިވެންޓްތަކެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުޅޭނީ ފިރިހެން ބައިގެ ބ. އަތޮޅު ތައުލީމީ މަރުކަޒާއި އެސްޓީއޯ އެވެ. ދެވަނަ މެޗުގައި ބަޔޮސްފިއާ ރިޒާވާ ދެކޮޅަށް ބީއެމްއެލް ކުޅޭއިރު ތިން ވަނަ މެޗުގައި ހޮސްޕިޓަލާ ދެކޮޅަށް ނުކުންނާނީ ދިރާގެވެ.

މުބާރާތުގެ އަންހެން ބައިގެ ފުރަތަމަ މެޗުގައި މިރޭ ކުޅޭނީ އަތޮޅު ތައުލީމީ މަރުކަޒާއި ބީއެމްއެލް އެވެ.

މުބާރާތުގެ މެޗުތައް ކުޅޭނީ އޭދަފުށީ ޔޫތު ސެންޓަރުގަ އެވެ. ފައިނަލު މެޗުތައް އޮންނާނީ ހޮނިހިރު ދުވަހުގެ ރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.