އަންހެނުންނަށް ކޯޑުކުރަން ދަސްކޮށްދޭ ވޯކްޝޮޕެއް ދިރާގުން ބާއްވަނީ

ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ރޯލު އިތުރު ކުރުމަށް ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އާ ގުޅިގެން ވެބްސައިޓު ހަދަން ދަސްކޮށްދޭ ވޯކްޝޮޕެއް ފަށަން ތައްޔާރު ވެއްޖެ އެވެ.

“ޖެންގޯ ގާލްސް މާލެ” ގެ ނަމުގައި މާދަމާ އާއި ހޮނިހިރު ދުވަހު ކުރިއަށް ގެންދިާ މި ވޯކްޝޮޕުގައި ބައިވެރިވެވޭނީ 16 އަހަަރުން މަތީގެ އަންހެނުންނަށެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެންކުދިންނަށް ކޯޑު ކުރަން ދަސްކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމުގައިވާ “ޖެންގޯ ގާލްސް”ގެ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕުގެ ބައިވެރިންނަށް ޕައިތަން އަދި ޖެންގޯ ފްރޭމްވޯކު ބޭނުންކޮށްގެން ވެބްސައިޓް ހަދާނެ ގޮތް ކިޔައިދޭނެ އެވެ. މި ވެބްސައިޓުތައް ހަދާނެ ގޮތް ބައިވެރިންނަށް ކިޔައިދޭނީ ވިމެން އިން ޓެކުން މިދިޔަ އަހަރު ހިންގި ޖެންގޯ ކޯޗުން ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންނެވެ.

ދިރާގާއި ވިމެން އިން ޓެކް ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުމާއި އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ‘ގާލްސް ޓު ކޯޑް’ ނަމުގައި އަންހެންކުދިންނަށް ކޯޑުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދެ އެވެ. މީގެ ފުރަތަމަ ޕްރޮގްރާމް ބޭއްވީ މިދިޔަ އަހަރު ފުވައްމުލައް ސިޓީގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.