މާލޭގައި މިހާރު ކުރިއަށްދާ އައިލެންޑް ކަޕު ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލުން ޓީމް ވީ އޭދަފުށި ފަސޭހަ ކަމާއެކު މިއަދު ޖާގަ ހޯދައިފި އެވެ.
އޭދަފުށި ކުއާޓާ އަށް ދަތުރުކުރީ މިއަދު ހަވީރު ހދ. ކުޅުދުއްފުށި 9-1 އިން ބަލިކޮށްގެންނެވެ. މި މެޗުގައި އަލީ ޒުބައިރު 5 ލަނޑު ޖަހައިދިން އިރު އިޝާން އިބްރާހިމް (ސައްޓު) ވަނީ ދެ ލަނޑު ޖަހައިދީފަ އެވެ. ދެން ލަނޑުތައް ޖަހައިދިނީ މުއާޒު އަލީ އާއި ޝާރިފު އަބްދުލް މަޖީދު އެވެ.
ކުއާޓާ ފައިނަލުގައި އޭދަފުށީ ޓީމު ވާދަކުރަން ޖެހޭނީ ކ. ތުލުސްދޫއާ އެވެ. މި މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.
ދިރާގާއި އެސްޓީއޯގެ އެއީތެރިކަމާއެކު، ރައިޒިން ސްޓާ ފޯ ވިލުފުށި ރިކްރިއޭޝަންއިން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. ހުށަހަޅާފައިވާއިރު ރަނާ އަޕް ޓީމަށް ހުށަހަޅާފައިވަނީ 10،000ރ. އެވެ.
ސެމީ ފައިނަލްގައިވެސް މޮޅުވެވޭނެ މި ޓީމަށް….. މުބާރާތް ކާމިޔާބުވެސް ކުރެވިދާނެ…..