ހޮސްޕިޓަލާއި ބީއެމްއެލް ޗެމްޕިއަންކަން ހޯދައިފި

އަންހެން ބައިގެ ޑަބަލްސް ޗެމްޕިއަން ބީއެމްއެލް ޓީމް -- ފޮޓޯ / މަރިޔަމް ރަހްމާ
އަންހެން ބައިގެ  ޗެމްޕިއަން އަދި ރަނާ އަޕް —

އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން އަތޮޅު ހޮސްޕިޓަލު އަދި އަންހެން ބައިގެ ޗެމްޕިއަންކަން ބީއެމްއެލް އޭދަފުށީ ބްރާންޗް ރޭ ހޯދައިފި އެވެ.

އޭދަފުށީގައި ހުރި ސަރުކާރުގެ އޮފީސް/ކުންފުނި ތަކުގެ މެދުގައި، ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ބީ.ޑީ.ސީ ގުޅިގެން ބޭއްވި މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ހޮސްޕިޓަލް ހޯދީ ފައިނަލްގައި ބ. އަތޮޅު ތައުލީމީ މަރުކަޒާއި ވާދަކޮށް ސީދާ ތިން މެޗުން މޮޅުވެގެންނެވެ.

ފިރިހެން ޗެމްޕއަން އަތޮޅުހޮސްޕިޓަލްގެ ޓީމް-- ފޮޓޯ / މަރިޔަމް ރަހްމާ
ފިރިހެން ޗެމްޕއަން އަތޮޅުހޮސްޕިޓަލްގެ ޓީމް–

މުބާރާތުގެ އަންހެން ޗެމްޕިއަންކަން ބީއެމްއެލް ހޯދީ ފައިނަލްގައި އޭދަފުށީ ކައުންސިލް އާއި ބައްދަލުކޮށް 2-1 ން މޮޅުވެގެންނެވެ.

މި މުބާރާތުގައި 14 އޮފީހަކުން 8 ޓީމު ވާދަކުރި އެވެ.

އޭދަފުށީ ޔޫތު ސެންޓަރުގެ އިންޑޯ ކޯޓުގައި ބޭއްވި މުބާރާތުގެ ފައިނަލް މެޗަށް ފަހު އިނާމް ދެއްވީ ޝަރަފްވެރި މެހެމާން އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.