އޭދަފުށިން ކައްކާ ގޭސް ލިބުން ދަތިވެއްޖެ

ގޭސް ފުޅިތަކެއް: އޭދަފުށިން ގޭސް ލިބުން ވަރަށްބޮޑަށް ވަނީ ދަތިވެފައި-
ގޭސް ފުޅިތަކެއް: އޭދަފުށިން ގޭސް ލިބުން ވަރަށްބޮޑަށް ވަނީ ދަތިވެފައި-

ބ. އޭދަފުށިން ކައްކާ ގޭސް ލިބުން ދަތިވެއްޖެ އެވެ.

މިރަށުން ގޭސް ލިބުމުގައި ދަތިތަކެއް ދިމާވާތީ، އާންމުން ވަނީ މިކަމާ ކަންބޮޑުވުން ވެސް ފާޅުކުރަން ފަށައިފަ އެވެ.

މިރަށުގައި ގޭސް ވިއްކާ ބައެއް  ތަންތަނުން އެއްކޮށް ގޭސް ހުސްވެފައި ހުންނަތާ މިހާރު ހަފްތާއެއްހާ ދުވަސްވެއްޖެ އެވެ.

މިރަށު “ގޭސް ޕޮއިންޓް” އިން ބުނީ އެތަނުން ގޭސް ހުސްވެފައި ހުންނަތާ މިހާރު ދެތިން ދުވަސް ވެއްޖެ ކަމަށެވެ. ނަމަވެސް ނާލު ބޯޓް އައިހާ އަވަހަކަށް ގޭސް ލިބޭނެކަމަށް އެތަނުން ބުންޏެވެ. މިރަށާ މާލެއޭ ދޭތެރޭ ދަތުރުކުރާ ނާލު ބޯޑު މާލެ ފުރީ މިއަދު ހެނދުނު އެވެ.

މިރަށުގައި ވިލާ ގޭސް ވިއްކާ “ވައިޓް ވޯލް” ފިހާއިން އިން ބުނީ އެތަނުގައިވެސް ގޭސް ނެތް ކަމަށެވެ. އަދި ގޭސް ފޯރުކޮށްދެވޭ ވަރުވާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށްވެސް އެތަކުން ބުންޏެވެ.

މިރަށުގައި ގޭސް ވިއްކާ ފިހާރަތަކުން ފަހަކަށް އައިސް ގޭސް ހުސްވާ މައްސަލަ ދިމާވަނީ ވިޔަފާވެރިންނަށް ދޫކުރާ ގޭހުގެ އަދަދު ވަރަށް ބޮޑަށް ލިމިޓްކޮށްފައި އޮތުމުން ކަމަށް ގޭސް ވިއްކާ ފަރާތްތަކުން ބުނެއެވެ. އަދި މޫސުން ގޯސްވެގެން ބޯޓްފަހަރަށް މާލޭން ނާދެވިގެން ވެސް ގޭސް ލިބުން ލަސްވެ، ގޭހަށް ޖެހޭ ގޮތް ދިމާވެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Baa

    ތީ ވަރަށް ގިނައިން ދިމާވާ ކަމެއް..މިކަހަލަ އެއްޗެހި ހުސްވެގެން ނުވާނެދޯ…އަދިވެސް ވިޔަފާރިވެރިން މިރަށުގައި މަދީ..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.