އޭދަފުށި ފަސޭހަކަމާ އެކު ސެމީ ފައިނަލަށް

އައިލެންޑް ކަޕްގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމް، އެ ޓީމު ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައި
އައިލެންޑް ކަޕްގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމް،

 

މާލޭގައި މިހާރު ކުރިއަށްދާ އައިލެންޑް ކަޕް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުން އޭދަފުށި ފުރުސަތު ހޯދައިފި އެވެ.

އޭދަފުށީ ސެމީއަށް ދިޔައީ މިރޭ ކުއާޓާ ފައިނަލުގައި 2-6 އިން ކ. ތުލުސްދޫ ބަލިކޮށްފަ އެވެ. މިރޭގެ މެޗުގައި އޭދަފުށީ ޓީމަށް އިޝާން އިބްރާހިމް (ސައްޓު) އާއި އިބްރާހިމް ޒާހިރު ދެ ލަނޑު ޖަހައިދިން އިރު، އަނެއް ދެ ލަނޑު ޖަހައިދިނީ އަލީ ޒުބައިރު އާއި އައްފާލު އެވެ.

ސެމީ ފައިނަލުގައި އޭދަފުއްޓާ ބައްދަލުކުރާނީ ފ. ނިލަންދޫ އެވެ. މި މެޗު އޮންނާ އަންގާރ ަ ދުވަހު ހަވީރު 5:30 ގައި މާފަންނު އެކުވެނި ދަނޑުގަ އެވެ.

ދިރާގާއި އެސްޓީއޯގެ އެއީތެރިކަމާއެކު، ރައިޒިން ސްޓާ ފޯ ވިލުފުށި ރިކްރިއޭޝަންއިން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. ހުށަހަޅާފައިވާއިރު ރަނާ އަޕް ޓީމަށް ހުށަހަޅާފައިވަނީ 10،000ރ. އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. The Ventiez

    އިންތިޒާމް ކުރާ ފަރާތުން ދޭ ފައިސާގެ އިނާމެއް އެއީ….. އެހެންނޫނަސް، އޭދަފުއްޓަށް މިކަން ވެދާނެ… ނިލަންދޫ އިއްޔެ މޮޅުވީ ދުވާފަރު އަތުން ޕެނަލްޓީ ޖަހައިގެން… މި މުބާރާތުގެ ފައިނަލް ގައި އޭދަފުށި ކުޅޭނީ ނާވައިދޫ އާ އެކީގައި ކަމަށް ލަފާކުރެވޭ……

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.