އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ޓީމެއް މިރަށުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.
އީޓީއަށް އެނގިފައިވާ ގޮތުގައި އޭސީސީގެ ޓީމު މިރަށުގައި ހަރަކާތްތެރިވަމުން އަންނަނީ މިރަށުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބެލުމަށެވެ.
އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުން ބަލަމުން ގެންދަނީ ސަރުކާރުގެ މުއައްސަސާތަކާ ކުންފުނި އަދި ރައްޔިތުންނާ ގުޅުންހުރި ތަންތަނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތެކެކެވެ.
އޭސީސީގެ ތަހުގީގު ޓީމުން މިއަދު އޭދަފުށީ އިންޖީނުގެއަށް ޒިޔާރަތްކޮށް ބޭނުންވާ ބައެއް މައުލޫމާތު ހޯދާފައިވާކަން އެނގިފައިވެ އެވެ. އަދި އެ ޓީމުން ބައެއް މީހުން ހާޒިރުކޮށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅުންހުރި މައުލޫމާތުތައްވެސް ދަނީ ހޯދަމުންނެވެ.
މިއީ އޭސީސީ ޓީމުތައް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ކުރާ ދަތުރުގެ ތެރެއިން ބ.އަތޮޅަށް ކުރާ ދަތުރު…..