ގައުމީ ޔުނިވަސިޓީގެ އިސް ވަފުދެއް އޭދަފުށީގައި

ގައުމީ ޔނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސެންއިން.
ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސެއިން.

 

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސެންއިން އާއި އެ ޔުނިވަސީޓީގެ އިސްވަފުދެއް ދާދި ދެންމެއަކު އޭދަފުއްޓަށް ވަޑައިގެންފި އެވެ.

ޗާންސެލަރުގެ އިތުރުން މި ވަފުދުގައި ވައިސް ޗާންސެލާ ޑރ. ހަސަން ހަމީދުއާއި ޑެޕިއުޓީ ވައިސް ޗާންސެލަރު ހުސައިން ހަލީމު އާއި ޑރ އަލީ ޝަރީފު ހިމެނިވަޑައިގަންނަވަ އެވެ.

ގައުމީ ޔުނިވަސިޓީގެ އިސްވަފުދުގެ މިދަތުރުގެ ބޭނުމަކީ ބ. އަތޮޅަށް ގައުމީ ޔުނިވަސިޓީ ތައާރަފުކޮށްދިނުމަށާއި އެ ޔުނިވަސިޓީން ހިންގާ ކޯސްތަކާއި ދާއިރާތައް އޮޅުން ފިލުވައިދިނުމެވެ.

ގައުމީ ޔުނިވަސިޓީން ބުނީ މި ވަފުދުގެ ބޭފުޅުން ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލާ ބައްދަލުކޮށް މިއަތޮޅުގެ މަތީ ތައުލީމާމެދު ޚިޔާލު ބަދަލުކުރާނެ ކަމަށެވެ. އަދި މީގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒާއި ބ. އަތޮޅު މަދަރުސާގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޒުވާނުންނަށް އެ ޔުނިވަސިޓީ ތައާރަފުކޮށްދިނުމާއި ހިންގާ ތަފާތު ކޯސްތަކާގުޅޭ މައުލޫމާތު އޮޅުންފިލުވައިދޭނެ ކަމަށް އެ ޔުނިވަސިޓީން ބުންޏެވެ.

އެގޮތުން އޭދަފުށީގައި ބާއްވާ ބައްދަލުވުން މިއަދު މެންދުރު 12:30 ގައި އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.