ސޮނެވާފުށީގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ފަށައިފި

ފަތަން ދަސްކުރަމާ ކޭމްޕް" ގެ ނަމުގައި އިއްޔެ ފެށި މި ޕްރޮގްރާމުގެ ތެރެއިން
ފަތަން ދަސްކުރަމާ ކޭމްޕް” ގެ ނަމުގައި އިއްޔެ ފެށި މި ޕްރޮގްރާމުގެ ތެރެއިން

 

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ސޮނެވާފުށީ ރިސޯޓުން ފަށައިފި އެވެ.

ސޮނެވާފުށި ރިސޯޓްގައި “ފަތަން ދަސްކުރަމާ ކޭމްޕް” ގެ ނަމުގައި އިއްޔެ ފެށި މި ޕްރޮގްރާމް ތައުލީމީ މަރުކަޒުގެ ގްރޭޑް 3 ގެ 48  ދަރިވަރުންގެ އިތުރުން އެ ކުދިންގެ ބެލެނިވެރިން ބައިވެރިވެ އެވެ.

ސޮނެވާފުށީ ރިސޯޓުން ބުނިގޮތުގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމްއަކީ އެ ރިސޯޓާއި ބ. އަތޮޅު ތައުލީމީ މަރުކަޒު އަދި ކަނޑުތަކުގެ ދިރާސާ ކުރުމާއި ފިލްމް ހެދުމުގެ މަސައްކަތުގައި އުޅުއްވާ މިސްޓަރ ޖޮން ބޮވަމާސްޓަރ އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިސްޓަރ ޖޮން ބޮވަމާސްޓަރ
މިސްޓަރ ޖޮން ބޮވަމާސްޓަރ

“މިއީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ސްކޫލްގައި ކިޔަވަމުންދާ 48 ދަރިވަރަކަށް އަދި އެކުދިންގެ ބެލެނިވެރިންނަށް ފަތަން ދަސްކޮށްދީ، މެރިން އީކޯސިސްޓަމްގެ މުހިންމުކަމާއި އީކޯސިސްޓަމްއަށް އިހުތިރާމް ކުރުމަަށް ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް،” ސޮނެވާފުށީ ރިސޯޓުން ބުންޏެވެ.

މިމަހު 25ން ފެށިގެން ޖޫން 5، 2014ގެ ނިޔަލަށް ސޮނެވާ ފުށީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ އަމާޒަކަށް ވެފައިވަނީ ކަނޑު ވަށައިގެން ދުނިޔޭގައި ދިރިިއުޅެމުންދާ އަދި އެބައެއްގެ ދިރިއުޅުން ކަނޑަށް ބިނާވެފައިވާ ތިން ބިލިޔަން މީހުންނަށް އެވަށައިގެންވާ ކަނޑުގެ ނުވަތަ މޫދުގެ ހައިރާންކުރުވަނިވި ރީތި ގުދުރަތީ ރީތިކަން ދައްކުވައި ދިނުމެވެ.

އަދި މި ޕްރޮގްރާމްގައި ހިމެނޭ 48 ކުދިންނަށް އެކުދިން ދިރިއުޅެމުންދާ ރަށުގެ ވަށައިގެންވާ ކަނޑުތަކުގެ ނުވަތަ މޫދުގެ އަޖައިބެއްފަދަ ރީތިކަން ދެކިލުމަށް އެކުދިންނަށް ގޮގްލްސް ހަދިޔާކޮށްދޭނެ ކަމަށްވެސް އެ ރިސޯޓުން ބުނެއެވެ.

ފެތުމުގެ ޕްރޮގްރާމުގައި ބައިވެރިވާ ބައެއް ދަރިވަރުން ފޮޓޯ / މިސްޓަރ ޖޮން ބޮވަމާސްޓަރ
ފެތުމުގެ ޕްރޮގްރާމުގައި ބައިވެރިވާ ބައެއް ދަރިވަރުން ފޮޓޯ / މިސްޓަރ ޖޮން ބޮވަމާސްޓަރ

ބޮވާމާސްޓަރގެ އަޒުމަކީ މިޕްރޮގްރާމްގެ ޒަރީޔާއިން ރާއްޖޭގެ އާޖެނެރޭޝަނަކަށް ގައުމުގެ އަގުހުރި ފަރުތައް ހިމާޔަތްކޮށް ސަލާމަތުން ބޭއްވުމަށް ހިތްވަރުދީ، ކުރިމަގުގައި މިއިން ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ އަމިއްލަ މަސްލަހަތު އޮތް ކަމެއްގެ ގޮތުގައި ބަލައިގެން މިތަންތަން ރައްކާތެރިކުރުމަށް މަސައްކަތް ކުރާނެވަރުގެ ދަރިންތަކަކަށް ހެދުމަށްް ހިތްވަރު ދީ ބާރުއެޅުމެވެެ.

މީގެ އިތުރުން ބޮވަރމާސްޓަރ އާއި ސޮނެވާ ފުށި ގުޅިގެން ކުދިންނަށް ފަތަން ދަސްކޮށްދީ، ރާއްޖޭގެ ކަނޑުތަކާއި ފަރުތަކުގެ ހާލަތް ދައްކުވައިދޭ ޑޮކިޔުމެންޓަރީއެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ. އަދި ސޮނެވާފުށްޓާއި މިސްޓަރ ބޮވަރމާސްޓަރ ގެ މިމަސައްކަތަށް ދުނިޔޭގެ އެހެނިހެން ރިސޮޓްތަކުން ބައިވެރިވުމަށް އެހީވެދޭނެ އެއްޗެއްގެ ގޮތުގައި މި ޑޮކިޔުމެންޓްރީ ވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.