ސަޕޯޓަރުންގެ އެހީ ވަރަށް މުހިންމު: ވީ އޭދަފުށި

އައިލެންޑް ކަޕްގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމް، އެ ޓީމު ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައި
އައިލެންޑް ކަޕްގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމް،

މާލޭގައި މިހާރު ކުރިއަށްދާ އައިލެންޑް ކަޕް ފުޓްސަލު މުބާރާތުގެ ސެމީ ފައިނަލުގައިި ފ. ނިލަންދޫ އާ ދެކޮޅަށް އޭދަފުށި މިއަދު ހަވީރު ނުކުންނައިރު، އޭދަފުށީ ޓީމަށް ސަޕޯޓަރުންގެ އެހީ ވަރަށް މުހިންމު ކަމަށް އެ ޓީމުން މިއަދު ބުނެފި އެވެ.

އޭދަފުށީ ޓީމުގެ މެނޭޖަރު ސަލްމާން ވަހީދު ބުނީ މި މުބާރާތަށް އެ ޓީމު ނުކުތީ ފުޓްބޯޅައިން ރަށަށް ރީތިނަމެއް ހޯދައިދޭން ކަމަށާއި މިއަދު ހަވީރު އޮންނަ ސެމީ ފައިނަލް މެޗަށް ވީހާވެސް ގިނަ ބަޔަކު ދަނޑަށް ވަދެ، އެ ޓީމަށް ސަޕޯޓްކުރުމަކީ ޓީމުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

“އަޅުގަނޑުމެން މި މުބާރާތުގައި ބައިވެރިވީ ހަމަ އޭދަފުށި ތަމްސީލްކޮށް، އޭދަފުއްޓަށް ރީތިނަމެއް ހޯދައިދިނުމުގެ އަޒުމުގައި. މިއަދު އޮންނަ ސެމީ ފައިނަލު މެޗުގައި ސަޕޯޓަރުންގެ މުހިންމުކަން އޭދަފުއްޓަށް ވަރަށް މުހިންމު. އަޅުގަނޑުމެންގެ އެދުމަކީ މާލޭގައި ދިރިއުޅުއްވާ އޭދަފުށީގެ ހަމަ ވީހާ ވެސް ގިނަ ބަޔަކު މިއަދު ހަވީރު 5:30 އަށް މާފަންނު އެކުވެނި ދަނޑަށް ވަދެ، އޭދަފުށީ ޓީމަށް ސަޕޯޓްކުރުން،” ސަލްމާން ބުންޏެވެ.

 ދިރާގާއި އެސްޓީއޯގެ އެއީތެރިކަމާއެކު، ރައިޒިން ސްޓާ ފޯ ވިލުފުށި ރިކްރިއޭޝަންއިން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. ހުށަހަޅާފައިވާއިރު ރަނާ އަޕް ޓީމަށް ހުށަހަޅާފައިވަނީ 10،000ރ. އެވެ. އަދި މުބާރާތުގައި އެންމެ ގިނަ ސަޕޯޓަރުންދާ ޓީމެއްވެސް މި މުބާރާތުގައި ހޮވާގޮތަށްވަނީ ހަމަޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.