އައިލެންޑް ކަޕްގެ ފައިނަލަށް އޭދަފުށި

އައިލެންޑް ކަޕްގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމް، އެ ޓީމު ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައި
އައިލެންޑް ކަޕްގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމް، އެ ޓީމު ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި

 

މާލޭގައި މިހާރު ކުރިއަށްދާ އައިލެންޑް ކަޕް ފުޓްސަލު މުބާރާތުގެ ފައިނަލަށް އޭދަފުށީ ޓީމު ދަތުރުކޮށްފި އެވެ.

ރާއްޖޭގެ އެކިއެކި ރަށްރަށުން 32 ޓީމު ވާދަކުރާ މި މުބާރާތުގެ ފައިނަލަށް އޭދަފުށި ދިޔައީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ މެޗުގައި ފ. ނިލަންދޫ އާ ވާދަކޮށް 9-1 އިން މޮޅުވެގެންނެވެ. މި މެޗުގައި އޭދަފުއްޓަށް ލަނޑުތައް ޖަހައިދިނީ އިޝާން އިބްރާހިމް (ސައްޓު) އާއި އަލީ ޒުބައިރު އަދި މުއާޒު އަލީ އެވެ.

މާފަންނު އެކުވެނި ދަނޑުގައި މެއި 30 ވަނަ ދުވަހު ކުޅޭ ފައިނަލުގައި އޭދަފުށި ވާދަކުރަންޖެހޭނީ ހދ. ނާވައިިދޫ އެވެ. އެ ޓީމު ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ބ. ހިތާދޫއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.

ދިރާގާއި އެސްޓީއޯގެ އެއީތެރިކަމާއެކު، ރައިޒިން ސްޓާ ފޯ ވިލުފުށި ރިކްރިއޭޝަންއިން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. ހުށަހަޅާފައިވާއިރު ރަނާ އަޕް ޓީމަށް ހުށަހަޅާފައިވަނީ 10،000ރ. އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. The Ventiez

    މާ ކުރިންވެސް އެނގޭ އޭދަފުށި ފައިނަލްގައި ކުޅޭނީ ނާވައިދޫއާކަން…. މި މުބާރާތުގައި އޭދަފުށި ދައްކާ ކުޅުމަށް ސާބަސް… ފައިނަލްގައިވެސް މޮޅުވެވޭނެ….. މެނޭޖަރ ސަލްމާން ވަޙީދުގެ ހިންގުންތެރިކަން ވަރަށް ބަރާބަރު….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.