
2012 ވަނަ އަހަރުގެ އޭދަފުށީ ކައުންސިލުގެ ބަޖެޓް ފާސްކޮށްފައިނުވާ ކަމަށާއި، އެހެންކަމުން އެ އަހަރު ކައުންސިލުން ކޮށްފައިވާ ޚަރަދުތަކަކީ ގާނޫނާ އެއްގޮތަށް ކޮށްފައިވާ ޚަރަދުތަކެއް ނޫންކަން އެ ކައުންސިލުގެ އޮޑިޓް ރިޕޯޓުން އެނގިއްޖެ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 96 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ކައުންސިލަށް ލިބޭ އާމުދަނީ އާއި ލިބޭ އެހީ އާއި ނަގާ ލޯނު ހިމަނައިގެން، ހިނގާ އަހަރުގެ ބަޖެޓް، އެ އަހަރުގެ ޖެނުއަރީ 15 ގެ ކުރިން ފާސްކުރަންވާނެ އެވެ.
“ނަމަވެސް 2012 ވަނަ އަހަރުގެ ކައުންސިލުގެ ބަޖެޓް ފާސްކޮށްފައިނުވާކަން ފާހަގަ ކުރެވުނެވެ. އެހެންކަމުން އެ އަހަރު ކައުންސިލުންކޮށް ކޮށްފައިވާ ޚަރަދުތަކަކީ ގާނޫނާ އެއްގޮތަށް ކޮށްފައިވާ ޚަރަދުތަކެއް ނޫންކަން ފާހަގަ ކުރެވެއެވެ”، އޮޑިޓް ރިޕޯޓްގައިވެ އެވެ.
މިދިޔަ ހަފުތާގައި ނެރުނު ބ. އޭދަފުށީ ކައުންސިލު އިދާރާގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި، ކައުންސިލުގެ ތިން މެންބަރަކު 2012 ވަނަ އަހަރު މާލެއަށްކުރި ދަތުރަކަށް ޓިކެޓް ގަތުމަށްޓަކައި ކޮންމެ ބޭފުޅަކަށް ދެކޮޅު ޓިކެޓަށް 900ރ ހަވާލުކޮށްފައިވެ އެވެ. ނަމަވެސް އެ އޮފީހުގެ ލިޔެކިޔުންތަކުން އެނގޭގޮތުގައި ދަތުރުގެ ދެކޮޅު ޓިކެޓަށް ޚަރަދުވެފައިވަނީ 800ރ ކަމަށާއި ހަވާލުކުރި ފައިސާގެ ތެރެއިން ބާކީވި ފައިސާ އަނބުރާ އޮފީހަށް ދައްކާފައިނުވާތީ އެ ފައިސާ އެ ދަތުރުގެ ބައިވެރިންންގެ އަތުން ހޯދުމަށް ވެސް އޮޑިޓާ ޖެނެރަލް އޮފީހުން އެދިވަޑައިގެންފައިވެ އެވެ.
މީގެ އިތުރުން އޭދަފުށީ ކައުންސިލުން ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ޚިލާފަށް ތަކެތި ގަނެފައިވާ ކަންވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި 2012 ވަނަ އަހަރު އޭދަފުށީ ކައުންސިލުން އެކި ފަރާތްތަކާ ހަވާލުކޮށްގެން މަސައްކަތް ކުރުވާފައިވާއިރު، ކަމާގުޅޭ އެއްބަސްވުމެއް ތައްޔާރުކޮށް ދެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާކަންވެސް ފާހަގަކޮށްފައިވެ އެވެ.
އޭދަފުށީ ކައުންސިލުގެ 2012 ވަނަ އަހަރުގެ ބަޖެޓުން ޚަރަދުކުރި ގޮތުގެ ބަޔާނާއި އެ އަހަރު ކައުންސިލަށް ލިބުނު އާމްދަނީ އާއި ހިނގި ޚަރަދުގެ ބަޔާން ތައްޔާރުކޮށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައިވާ ގޮތަށް މުއްދަތުގެ ތެރޭގައި އޮޑިޓް ކުރުމަށް ހުށަހަޅާފައި ނުވާކަންވެސް އެ އޮފީހުގެ 2012 ވަނަ އަހަރުގެ އޮޓިޑް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ތިވަރު ވީކަންވެސް ރަގަޅު އެއްޕާޓީއެއްގެ މީހުން ކައުންސިލްގައި ތިބެގެން ތިވަރުން ފުއްދާލިކަމަށްޓަކައި ﷲ އަށް ހަމްދުކުރަން، ޚަރަދު ކުރާނެ ގޮތަކަށް ޚަރަދުކުރަން އެ ޕާޓީން ފަނިފަކްސާ ކުރިމަތިލިޔަސް އޭދަފުށި ރައްޔިތުން ތިބީ ހޮވާގޮތައް
ކިޔެވުން އެއީ ބޭކާރުކަމެއް ފިސާރި ކެރިގެން ކޮންމެކަމަކާވެސް ކުރިމަތިލީމައި އެކަމެއް ހާސިލްވުމަކީ ވަރަށްކައިރިކަމެއް،
ގާބިލު މީހުން ތިބޭތަންތަނުގެ ހާލުމާބޮޑު…..
މިއޮތީ ތައުލީމީ ގާބިލް މީހުން ކައުންސިލަށް އިންތިހާބު ނުކުރުމުން ރަށުގެ ރައްޔިތުންނަށް ލިބޭ ހުތުރުނަން..