އައިލެންޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުށި ހޯދައިފި

އޭދަފުށީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ތައްޓާއެކު އުފާފާޅުކުރަނީ.
އޭދަފުށީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ތައްޓާއެކު އުފާފާޅުކުރަނީ.

އައިލެންޑް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށި ހޯދައިފި އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ރައިޒިން ސްޓާ ފޯ ވިލުފުށި ރިކްރިއޭޝަންއިން ބޭއްވި މުބާރާތް އޭދަފުށި ޓީމު ކާމިޔާބުކުރީ ފައިނަލުގައި މިއަދު ހަވީރު ހދ. ނާވައިދޫއާ ވާދަކޮށް 6-3 އިން ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) އެވެ. އަދި އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ސައްޓުގެ އިތުރުން އަލީ ޒުބައިރުވެސްވަނީ ހިމެނިފަ އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ 20 ލަނޑު ޖެހި އަލީ ޒުބައިރު އެވެ.

ދިރާގާއި އެސްޓީއޯގެ އެހީތެރިކަމާއެކު މާފަންނު މިނީ ފުޓްސަލް ދަނޑުގައި ބޭއްވި މުބާރާތުގެ ފައިނަލް މެޗަށް ފަހު އިނާމް ދެއްވީ  އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމު އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. ދިން އިރު ރަނަރަޕް ޓީމަށް 10000ރ. ދީފައިވެ އެވެ.

އޭދަފުށީ ޓީމު ޗެމްޕިއަން ޓްރޮފީއާއެކު މާދަމާ ރަށަށް އަންނާނެ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. The Ventiez

    ތި ޓީމު ހަމައެކަނި ބަލިވީ އަހަރުން އަތުން…. ސްޓިލް ޔޫގައިސް ޕްރޫވްޑް ޔޫ އާ ދަ ބެސްޓް ކަން… މަރުހަބާ…..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.