ފުޓްބޯޅަ ޓީމަށް ހޫނު މަރުހަބާއެއް ކިޔުމަށް ތައްޔާރުވަނީ

އޭދަފުށީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ތައްޓާއެކު އުފާފާޅުކުރަނީ.
އޭދަފުށީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ތައްޓާއެކު އުފާފާޅުކުރަނީ.

 

މާލޭގައި ކުރިއަށް އައިލެންޑް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޭދަފުށީ ޓީމަށް (ވީ-އޭދަފުށި) އެނބުރި މިއަދު ރަށަށް އަންނަ އިރު ހޫނު މަރުހަބާއެއް ކިޔުމަށް ތައްޔާރުވެއްޖެ އެވެ.

މަރުހަބާ ކިޔުމުގެ ކަންތައް އިންތިޒާމުކުރާ އޭދަފުށީ ކްލަބް ކޮމްބިނޭޝަނުން ބުނީ ޓީމަށް މަރުހަބާ ކިޔުމަށްޓަކައި އަތޮޅު ކައުންސިލާ, ރަށުކައުންސިލާ އަދި އެންމެން ގުޅިގެން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މިއަދު މެންދުރުފަހު 3 ޖަހާއިރު ރަސްމީ ފާލަން ދޮށަށް ވީހާވެސް ގިނަ ބަޔަކު ދިއުމަކީ އެ ޖަމިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ރައިޒިން ސްޓާ ފޯ ވިލުފުށި ރިކްރިއޭޝަންއިން ބޭއްވި މުބާރާތް އޭދަފުށި ޓީމު ކާމިޔާބުކުރީ ފައިނަލުގައި އިއްޔެ ހަވީރު ހދ. ނާވައިދޫއާ ވާދަކޮށް 6-3 އިން ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އޭދަފުށީ ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) ހޮވުނު އިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ 20 ލަނޑު ޖެހި އަލީ ޒުބައިރު އެވެ. މި ދެކުޅުންތެރިން ވަނީ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފަ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ ދިން އިރު ރަނަރަޕް ޓީމަށް 10000ރ. ދީފައިވެ އެވެ.

އޭދަފުށީ ޓީމު މި ހޯދި ކާމިޔާބީއާ ގުޅިގެން ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަދި ޓީމަށް ”އީޓީ” ންނާއި ރަށުގެ ހުރިހާ ރައްޔިތުންގެ ނަމުގައި ހޫނު މަރުހަބާއެއް ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. The Ventiez

    މަރުހަބާ އޭދަފުށީ ފުޓްސަލް ޓީމް….. މާކުރިންވެސް އެނގޭ ޗެމްޕިއަންކަން ހޯދާނެކަން….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.