ފަޅުތެރޭ ބައްދަލުވުމެއް ބާއްވައިފި

ފަޅުތެރޭ ތިން ރަށް ކަމަށްވާ ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫ ކައުންސިލުން ގުޅިގެން ބޭއްވި ބައްދަލުވުމުގެ ތެރެއިން-- އީޓި ފޮޓޯ / ޒުހުދާ
ފަޅުތެރޭ ތިން ރަށް ކަމަށްވާ ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫ ކައުންސިލުން ގުޅިގެން ބޭއްވި ބައްދަލުވުމުގެ ތެރެއިން– އީޓި ފޮޓޯ / ޒުހުދާ

 

ބ. ފެހެންދޫ އިން ފާތުމަތު ޒުހުދާ

ފަޅުތެރޭ ތިން ރަށް ކަމަށްވާ ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫ ކައުންސިލުން ގުޅިގެން ފެހެންދޫގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ފެހެންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި މި ބައްދަލުވުމުގައި ތިން ރަށުގެ ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުން ވަނީ ބައިވެރި ވެފަ އެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް މިއަދު “އީޓީ” އަށް ވިދާޅުވީ މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ މަގުސަދަކީ ތިން ރަށުގެ ގުޅުން ބަދަހި ކުރުމާއެކު ރަށުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ތިން ރަށް އެކުވެގެން ކުރެވެން ހުރި މަސައްކަތްތަށް ބަލައި އެކަމާމެދު މަޝްވަރާކުރުމެވެ.

“އަޅުގަނޑުމެންގެ މި ބައްދަލުވުމުގައި އިޖުތިމާއީ މައްސަލަތަށް ހައްލުކުރުމަށްޓަކާ ކުރެވިދާނެ ކަންކަމާމެދު މަޝްވަރާ ކުރެވުނު. އަދި ފަޅުތެރޭގައި ލިބެންހުރި ވަސީލަތްތަށް ބޭނުންކޮށްގެން ތިން ރަށަށް ވެސް މަންފާކުރާނެ ފަދަ މަސައްކަތްތަކެއް ކުރުމާމެދުވެސް ވާހަކަ ދެކެވުނު،” މޫސާ ނަސީމް ވިދާޅުވި އެވެ.

މޫސާ ނަސީމު ވިދާލުވީ މިއީ ރަގަޅު ފެށުމެއް ކަމަށާއި މިފަދަ ބައްދަލުވުން ތަކުގެ ސަބަބުން ތިން ރަށުގެ ގުޅުން ބަދަހިވުމުގެ އިތުރުން ފަޅުތެރެ ތަރައްޤީވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމުނު ކަންތައްތަށް ތަންފީޒު ކުރުމަށްޓަކައިވަނީ ހާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފަ އެވެ.

“ވަރަށް ހިތްހަމަ ޖެހޭ ބައްދަލުވުމާ ދޭތެރޭ، ސަރުކާރުން ފަޅުތެރޭ މިތިން ރަށާއި މެދު ވަރަށް ބޮޑަށް އިޙްމާލުވެފަ މިވަނީ، އަސާސީ ޚިދުމަތްތަށް ވެސް އެދެވޭ ގޮތެއްގަ ނުލިބޭ، އުއްމީދުކުރަނީ މ ިބައްދަލުވުމުގެ ސަބަބުން މިފަދަ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެކަމަށް،” ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފެހެންދޫ ކައުންސިލް މެމްބަރު އައިމިނަތު ފަޒީނާ ވިދާޅުވި އެވެ.

ފަޅުތެރޭގެ މިފަދަ ބައްދަލުވުމެއް ކޮންމެ ތިން މަހުން އެއްމަހު ބާއްވާ ގޮތަށް މިއަދުގެ ބައްދަލުވުމުގައިވަނީ ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.