އޭދަފުށީ އިންޖީނުގެއަށް ކައުންސިލުން ޖަނަރޭޓަރެއް ދެނީ

DSC_06781

ފަހަކަށް އައިސް އޭދަފުށިން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވަމުންދާތީ، އެކަން ހައްލުކުރުމަށްޓަކައި އޭދަފުށީ ކައުންސިލުން 450 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހޯދައިފި އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު ވިދާޅުވި ގޮތުގައި ކައުންސިލުން ކުރި މަސައްކަތުން މިހާރު ރަނިން ކޮންޑިޝަންގައި ހުރި 450 ކޮލޯވޮޓްގެ ބޭނުންކޮށްފައިހުރި މި ޖަނަރޭޓަރަކީ ހެޔޮ އެދޭފަރާތަކުން އޭދަފުށީ ރައްޔިތުންނަށް ކުރި ހަދިޔާއެއް ކަމަށެވެ.

މި ޖަނަރޭޓަރު ބޭނުންކޮށްގެން ރޯދައިގެ ކުރިން އޭދަފުށީގެ ކަރަންޓްގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ. އަދި ޖަނަރޭޓަރު އޭދަފުއްޓަށް ގެނައުމުގެ މަސައްކަތް ލަސްނުވެ ފަށާނެ ކަމަށްވެސް ރަށު ކައުންސިލުން ބުނެއެވެ.

އޭދަފުށީ އިންޖީނުގޭގައި މިވަގުތު މިރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުތަކުން އޭދަފުއްޓަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. ލޯޑް މަތިވުމުގެ ސަބަބުން ބައެއް ދުވަސްދުވަހު ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަމުންވެސް ދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.