މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން އިންތިޒާމް ކޮށްގެން މި އަހަރުގެ ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގުރުއާން މުބާރާތް “ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ” ބ. އޭދަފުށީ އޮޑިޝަނުން ބައިވެރިޔަކު ހޮވައިފި އެވެ.
އޭދަފުށީ އޮޑިޝަނުން މުބާރާތުގައި ބައިވެރިވުމަށް ހޮވުނީ މިރަށު، ވައިމަތީގޭ ހިންދު މޫސާ އެވެ.
މިފަހަރު ރާއްޖޭގެ ފަސް ހިސާބެއްގައި އޮޑިޝަން ކުރިއަށް ގެންދަން ނިންމާފައިވާއިރު ހަތަރު ސަރަހައްދެއްގެ އޮޑިޝަން މިހާރުވަނީ ބާއްވައިފަ އެވެ.
100،000ރ. ހުށަހަޅާފައިވާ މި އަހަރުގެ މުބާރާތުގައި ވެސް ބައިވެރިކުރާނީ 12 މީހެކެވެ. އެގޮތުން މި އަހަރުގެ މުބާރާތަށް ހޮވާ 12 މީހުންގެ ތެރެއިން ހަތަރު މީހެއް ހޮވާނީ މާލެއިންނެވެ.
މަރުހަބާ ސްވީޓީ….. ސޯ ޕްރައުޑް އޮފް ޔޫ….!! ކީޕް އިޓް އަޕް….. ލަވް ޔޫ… 3>
މަރުހަބާ