ހުރަސް ވާޓަރުގެ ކޮންކްރީޓް އަޅާނެބަޔަކު ހޯދަނީ

މިނިސްޓަރު މުއިއްޒު އިއްޔެ އޭދަފުއްޓަށް ވަޑައިގެ ހުރަސްވާޓަރުގެ ނުނިމިއޮތްބައި ބައްލަވާލައްވަނީ. ެކަންވެސް ދާދި އަވަހަށް ހައްލުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި
ޖެނުއަރީމަހު ހައުސިން މިނިސްޓަރު އޭދަފުއްޓަށް ވަޑއިގެން ހުރަސް ވާޓަރުގެ ހާލަތު ބައްލަވާލައްވަނީ. މި މަަސައްކަތް ކުރާނެ ބަޔަކު ހޯދަން މިހާރުވަނީ އިއުލާން ކޮށްފައި – ފައިލް ފޮޓޯ

ބ. އޭދަފުށީ އުތުރު ފަރާތު ބަނދަރުގެ އިރުމަތީ ހުރަސް ވާޓަރުގެ ކޮންކްރީޓް އަޅާދޭނެ ފަރާތެއް ހޯދަން ރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.

އޭދަފުށީ ކައުންސިލް އިދާރާއިން ނެރެފައިވާ އިއުލާނެއްގައި ވަނީ ކޮންޓްރެކްޓް އުސޫލުން ބަނދަރުގެ ހުރަސްތޮށީގެ ބީމް އަޅައިދޭނެ ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކައުންސިލު އިދާރާއިން ބުނީ މިކަމަށްޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހު 2:15 އަށް އެ އިދާރާއިން މައުލޫމާތު ސާފު ކުރުމަށް ފަހު، ޖޫން 19 ވަނަ ވަނަ ދުވަހުގެ 2:15 އަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިމަސައްކަތް ކުރުމަށްޓަކައި މިއަހަރު ސަރުކާރުގެ ބަޖެޓްގައި ދޮޅުމިލިޔަނެއްހާ ރުފިޔާ ހިމަނާފައިވާކަމަށާ، މިކަމަށް ހަރަދުކުރާނީ ބަޖެޓުންކަމަށެވެ.

300 ފޫޓެއްހާދިގު އޭދަފުށީ ބަނދަރު ހުރަސްތޮށީގައި ޝީޓްޕައިލް ޖަހާފައިވަނީ 2010 ވަނައަހަރު އޭދަފުށީ ރައްޔިތުންގެ މާލިއްޔަތުން ބައިމިލިޔަނެއްހާރުފިޔާ ހަރަދުކޮށްގެންނެވެ. އޭރު އަރިއަޅާލައި ކޮންމެވެސްވަރަކަށް ވެއްޓިފައިއޮތް ކޮންކްރީޓް ވާޓަރު ނަގައި، ޝީޓްފައިލް ޖެހިގޮތަށް ކޮންކްރީޓްބައިނާޅައި އެތަން އަދިވެސް އޮތީއެވެ. މި މަސައްކަތް މިއަހަރު ފެށުމަށް ބަޖެޓްކޮށްފައިވާކަމަށް ޖެނުއަރީމަހު ހައުސިން މިނިސްޓަރު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައިވެސް ވިދާޅުވެފައި ވެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. wisham

    ދެން ކޮން އިރަކުންތަ މިހާރު ހިއްކާފަ އޮތް ބިމުގަ ރިވެޓްމަންޓް ހިލަ ޖަހަނީ! އެތަންވެސް މިހާރު އެޔޮށް ގިރަނީ! ބިންގަނޑެއް އެއްވަރު ކުރީއަކީ ނޫން، އަވަސް އަވަސް ކޮއްލާފަ ބޯޓް ނައްޓާލީ ދެން ބިން ހިއްކަންޖެހޭ ރަށަށް….. ކިހާ ޖޯކު ދެން!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.