އައިޑިއާސް ކަޕްގެ ޗެމްޕިއަންކަން ހިތާދޫ ޓީމު ހޯދައިފި

އައިޑިއާސް ކަޕުގެ ޗެމްޕިއަންކަން ހޯދި ބަރަބާރު ޓީމުން ތައްޓާއެކު އުފާފާޅުކުރަނީ --- ސަން ފޮޓޯ/ އަލީ ރިފްޝާން
އައިޑިއާސް ކަޕުގެ ޗެމްޕިއަންކަން ހޯދި ބަރަބާރު ޓީމުން ތައްޓާއެކު އުފާފާޅުކުރަނީ — ސަން ފޮޓޯ/ އަލީ ރިފްޝާން

ބްރާވިއާ އައިޑިއާސް ކަޕް 2014 ފުޓުސެލް މުބާރާތުގެ ޗެމްޕިއަން ކަން ބ. ހިތާދޫ “ބަރާބަރު” ޓީމު ހޯދައިފި އެވެ.

“ބަރާބަރު” ޗެމްޕިއަން ކަން ހޯދާފައިވަނީ އިއްޔެ ހަވީރު މާފަންނު ސްޓޭޑިިމުގައި ކުޅުނު ފައިނަލް މެޗުގައި މޯލްޑިވްސް ރޯޑު ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމް އާރުޑީސީ) އާޢި ބައްދަލުކޮށް 3-1 އިން މޮޅުވެގެންނެވެ.

މެޗުގައި ބަރާބަރުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ހުޝާމް އިބްރާހިމް ރަޝީދެވެ. އަދި އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އައްޒާމެވެ. މެޗުގައި ބަރާބަރު ޓީމުގެ ހުޝާމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާ އެވެ.

މުބާރާތުގެ އެންމެ ފަސް ކުޅުންތެރިންނަށް ހޮވުނީ ބަރާބަރުގެ ހުޒައިފަތު ރަޝީދާއި އެމްއާރުޑީސީގެ އިސްމާއިލް އީސާ (މެސީ) އާއި ސްޓެލްކޯގެ ހާރޫން އިބްރާހިމާއި ބަރާބަރުގެ މުހައްމަދު އައްޒާމް އަދި ބަރާބަރުގެ ހުޝާމް އިބްރާހީމެވެ. މި ކުޅުންތެރިންގެ ތެރެއިން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިން ގޯލުޖެހި ކުޅުންތެރިޔާއަށްވެސް ހޮވުނީ ބަރާބަރުގެ ހުޒައިފަތު ރަޝީދެވެ.

މިއީ ރައްޖޭގެ ފެންވަރުގައި ބޭއްވި މުބާރާތެއްގައި ހިތާދޫގެ ޓީމެއް ޗެމްޕިއަން ކަން ހޯދި ފުރަތަމަ ފަހަރެވެ.

ބްރާވިއާ އައިޑިއާސް ކަޕް 2014 ގެ މެއިން ސްޕޮންސަރަކީ ރީފްސައިޑެވެ. އެލައިޑް އިންޝުއަރެންސް އިން ކޯ ސްޕޮންސަރު ކޮށްފައިވާ މި މުބާރާތުގެ ޕްރިންޓިންގް ޕާޓްނަރަކީ އެމްސެވަން ޕްރިންޓެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. jeri

    ހިތާދޫ މީހުންނަށް އެއޮތީ ހުދު ފޮށައެއްލިބިފައި. ދެން އެފޮށާ ތާރީޚަށްޓަކައި ގިނަ ދުވަހަށް ދެމި އޮންނާނެހެން ރައްކުރޭ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.