ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން ކޮންމެ ރޯދަ މަހަކު ބާއްވާ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފޭލި ޖަމިއްޔާއިން ބުނި ގޮތުގައި އަންނަ ރޯދަ މަހު ފަހުކޮޅު ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހު 30ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް އަދި މުބާރާތުގެ ގަވައިދު އޭދަފުށީ ގުރުއާން ކްލާސްތަކުންނާއި ނިއަމިޓްރޭޑް ބުކްޝޮޕުން ލިބެން ހުންނާނެ ކަމަށް ފޭލި ޖަމިއްޔާއިން ބުންޏެވެ.
ބަލައިގެން އަދި ހިތުން ކިޔަވާ ގޮފި ހިމެނޭގޮތަށް ހަތް އުމުރު ފުރާއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި މިދިޔަ އަހަރު 200 އަށް ވުރެ ގިނަކުދިން ބައިވެރިވެފައިވެ އެވެ. މި މުބާރާތަކީ 2002 އިންފެށިގެން ކޮންމެ އަހަރަކު ވެސް އެ ޖަމިއްޔާއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.