ބެޑްމިންޓަން ޓްރޭނިން ޕްރޮގްރާމެއް ފަށައިފި

ބީޑީސީން ކުރިއަށް ގެންދާ ބެޑްމިންޓަން ޕްރޮގްރާމުގެ ތެރެއިން-- ފޮޓޯ / ބީޑީސީ
ބީޑީސީން ކުރިއަށް ގެންދާ ބެޑްމިންޓަން ޕްރޮގްރާމުގެ ތެރެއިން– ފޮޓޯ / ބީޑީސީ

 ބ. އޭދަފުށިގައި ބެޑްމިންޓަން ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފި އެވެ.

ދިހަ ދުވަހުގެ މުއްދަތަށް އޭދަފުށީ ޔޫތު ސެންޓަރުގެ ބެޑްމިންޓަން ކޯޓްގައި ކުރިއަށް ގެންދާ މި ޓްރޭނިންގ ޕްރޮގްރާމުގައި 70 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައި ވެ އެވެ.

އޭދަފުށީ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމެޓީ (ބީޑީސީ) އިން ބުނީ އޭދަފުށީ ބީޑީސީން ކުރިއަށްގެންދާ މި ޓްރޭނިންގ ޕްރޮގްރާމުގެ މަގުސަދަކީ އޭދަފުށީގައި ބެޑްމިންޓަން ކުޅޭ ކުޅުންތެރިންގެ ފެންވަރު މަތިކުރުމާއި އިތުރު ކުޅުންތެރިން އުފެއްދުން އަދި އޭދަފުށީގައި ބެޑްމިންޓަންގެ ފޯރި އިތުރުކުރުމެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ ރާއްޖޭގެ ތަޖުރިބާކާރު ބެޑްމިންޓަން ކުޅުންތެރިއެއް އަދި ކޯޗެއް ކަމަށްވާ ހުސެއިން ރިޔާޒް (ބަބާ) އެވެ.

ބެޑްމިންޓަން ކުޅިވަރަކީ އޭދަފުށިގައި މިހާރު ވަރަށް ގިނަ ބަޔަކު ފޯރިއާއެކު ކުޅޭ ކުޅިވަރެކެވެ. އަދި މިދިޔަ އަހަރު ބޭއްވި ގައުމީ ބެޑްމިންޓަން މުބާރާތުގެ ތަށި އޭދަފުށި ބީޑީސީން ވަނީ ދިފާއުކޮށްފަ އެވެ.

.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.