އޭދަފުށީ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމެޓީ އިން މިރަށުގައި ބެޑްމިންޓަން މުބާރާތެއް ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައި ވަނީ ޖޫން 19 އިން 25 ގެ ނިޔަލަށެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އުމުރުފުރާތަކަށް ބަހާލައިގެންނެވެ.
މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޯޕަން އިވެންޓުތަކެވެ. އެއީ އޯޕަން ސިންގަލްސް އަދި ޑަބަލްސް އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެރޭ 21:00 ގެ ކުރިން ބައިވެރިވުމަށްއެދޭ ފޯމް ހުށަހަޅަން ޖެހެއެެވެ.
މި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް އަދި ގަވައިދު ގަވާއިދު ބީޑީސީގެ ފޭސްބުކް ޕޭޖުންވެސް ލިބެން ހުންނާނެ އެވެ.