އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯލް ޗެލެންޖުގައި މާދަމާ ހަވީރު ކުޅެވޭ ފައިނަލް މެޗްގައި އޭދަފުށީ ޓީމް ފެހި ޖޯޒީ ބޭނުންކުރާގޮތަށް ހަމަޖެހިއްޖެއެވެ. މިގޮތަށްހަމަޖެހުނީ މިއަދު މެންދުރު އޭދަފުށީ ޔޫ ސްޕޯޓްސްގައި ބޭއްވުނު ބައްދަލުވުމެއްގައި ގުރުއަތުލައިގެންނެވެ. މާދަމާ ގޮއިދޫ އާއި އޭދަފުށި ބައްދަލުކުރާ މެޗްގެ ޖޯޒީ ކަނޑައެޅުމަށް ގުރުއަތަކަށް ދާންޖެހުނީ ދެޓީމުންވެސް ރަތް ކުލައިގެ ޖޯޒީ ބޭނުންކުރަން ނިންމުމުންނެވެ. ދެޓީމުން ރަޖިސްޓްރީ ކޮށްފައިވާ ހޯމް ޖޯޒީ އާއި އަވޭ ޖޯޒީގަވެސް ހިމެނެނީ އެއްކުލަތަކެކެވެ. މިގޮތުން ދެޓީމުގެވެސް ހޯމް ޖޯޒީގެ ކުލައަކީ ރަތް ކުލައެވެ. އަދި އަވޭ ޖޯޒީގެ ކުލައަކީ ފެހި ކުލައެވެ.
މިއަދު ބޭއްވުނު ބައްދަލުވުމުގައި އިންތިޒާމު ކޮމިޓީގެ އިސް މެމްބަރުންނާއި ދެޓީމުގެ ފަރާތުން އައްޔަން ކުރައްވާފައި ތިއްބެވި ބޭފުޅުން ބައިވެރިވެލެއްވިއެވެ. އޭދަފުށީ ޓީމުން ބުނީ ރަށުގެ ކުލައަކީ ފެހި ކުލަކަމަށާއި، ފެހި ޖޯޒީގައި މީގެ ކުރިންވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާނެކަމަށެވެ. އަދި މިފަހަރު ފެހިކުލަ ލާންޖެހުމަކީވެސް ކާމިޔާބީއަށް ބޮޅެއް އިތުރުކުރަން ކޮށުނު މަގެއްކަމަށް ޓީމުން ބުންޏެވެ. އެހެންކަމުން އޭދަފުށީގެ ހުރިހާ ސަޕޯޓަރުންވެސް ފެހިކުލައިގެ ހެދުމެއް ތުރުކުރައްވައިގެން ދަނޑަށް ހާޟިރުވުމަކީ ޓީމުގެ ވަރަށްބޮޑު އެދުމެކެވެ.
މިއީ މި މުބާރާތުގެ ފައިނަލުގައި މި ދެރަށުން ވާދަކުރާ ދެވަނަ ފަހަރެވެ. އެންމެ ފަހުން މި ދެޓީމުން ވާދަކުރީ 2012 ވަނަ އަހަރުގެ ފައިނަލްގައެވެ. އޭދަފުށީ ސީސީ ސްޕޯޓްސް ކްލަބާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން އެފަހަރު ތަށި ހޯދީ ގޮއިދޫއެވެ.
ލާހިކެއްނޫން މިއަދު މޮޅުވާކަށް!
މި މެޗް ލައިވް ކުރޭތަ؟