
މި އަހަރު ނިމެން ވާއިރަށް ހުރިހާ ޓީޗަރުންގެ ފެންވަރު ޑިޕްލޮމާއަށް ވުރެ މަތީގައި ހުންނަން ޖެހޭތީ ގައުމީ ޔުނިވަސިޓީން ޓީޗަރުންނަށް ހާއްސަކޮށްގެން ޑިޕްލޮމާ ކޯސްތަކެއް އޭދަފުށީގައި ފަށައިފި އެވެ.
މުސާރައިގެ އާ އޮނިގަނޑުގައިވާ ގޮތުން ކޮންމެ ޓީޗަރެއްގެ އަތުގައި ވެސް ޑިޕްލޮމާ ލެވެލް އިން މަތީގެ ސެޓްފިކެޓެއް އޮންނަން ޖެހެ އެވެ. އަދި އެފަދަ ސެޓްފިކެޓެއް ނޯންނަ ޓީޗަރުންނަށް މި އަހަރު ނިމުމުގެ ކުރިން، ޑިޕްލޮމާ ލެވެލް ކިޔަވަން ޖެހެއެވެ.
ގައުމީ ޔުނިވަސީޓީގެ އައުޓްރިޗް ސެންޓަރެއް ގާއިމުކޮށް އޭދަފުށީގައި އެ ޔުނިވަސިޓީން މިއަދު ހަވީރު ފަށާފައިވަނީ ޑިޕްލޮމާ އިން ޓީޗިން ޕްރައިމަރީ (ދިވެހި، އިސްލާމް، ގުރުއާން) އަދި ޑިޕްލޮމާ އިން ޓިޗިން ޕްރައިމަރީ އިނގިރޭސި ކޯހެ ކެވެ. މި ދެ ކޯހުގައި މިއަތޮޅުގެ އެކި ރަށްރަށުން 40 އަށްވުރެ ޓީޗަރުން ވަނީ ބައިވެރިވެފަ އެވެ.
އެ ސެންޓަރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކިޔަވައިދިނުމުގެ ދާއިރާއިން އެޑްވާންސް ސެޓްފިކެޓެއް ހާސިލްކޮށްފައިވާ ކޮންމެ ޓީޗަރަކަށް ވެސް ބައިވެރިވެވޭ މި ކޯހުގައި ކިޔަވައިދެއްވަނީ މިއަތޮޅުގެ ލެކްޗަރާއިން ނެވެ.
މިއީ ސްކޫލުތަކުގައި މިހާރު ވެސް ކިޔަވައިދެމުން އަންނަ ޓީޗަރުންނަށް ހިންގާ ކޯސްތަކަކަށް ވާތީ، ކޯސްތަކުގެ ކިޔެވުން ތާވަލްކޮށްފައި އޮންނަނީ ހަފުތާ ބަންދަށެވެ.
މި އަހަރުގެ ނިޔަލަށް ޑިޕްލޮމާ ނުހަދާ ނަމަ، އާ އޮނިގަނޑުގެ ދަށުން 1،236 ޓީޗަރުން ވަކިވާނެ އެވެ.
ބ.އަތޮޅުގެ ޓީޗަރުންނާއި އެހެނިހެން ދާއިރާތަކަށް ކޯސްހެދުމަށް ޔުނިވަރސިޓީގެ ކެމްޕަހެއް އޭދަފުށިގައި ހުރުމަކީ ވަރަށް މުހިއްމުކަމެއް..ހަމައެއާއެކު ފެރީގެ ނިޒާމް ރަގަޅުކުރަންޖެހޭ..މިކޯހަށް އެންމެ ފުރަތަމަ ދާންޖެހުނީވެސް އަމިއްލައަށް އެއްޗެއް ކުއްޔަށް ހިފައިގެން..ފެރީ އޮންނަނީ ދެދުވަހުން އެއްދުވަހު ހަލާކުވެފައި..މީ ދެރަ ކަމެއް..