އޭނަ އަތްލަން އުޅުމުން އަހަންނަށް ޖެހިލެވެނީ ދުރަށެވެ. އަހަރެންގެ ހަރަކާތްތަކަށް ކުއްލިއަކަށް ބަދަލު އައުމުން ފައިރޫޝްއަށް އެ ކަން ފާހަގަ ވެގެން ސުވާލު ކުރިއެވެ.
“މާ އުނދަގޫ ވަނީތަ؟” ފައިރޫޝް އެހިއެވެ.
ފައިރޫޝްގެ އެއަޅާލުމާއި ލޯބި މީގެ ކުރިން ކޮބާ ހެއްޔެވެ؟ އެބީހުންތަކާ އެލޯބި އަހަރެން ބޭނުންކަން ފައިރޫޝްއަށް ނުވިސްނުނީބާވެއެވެ.
އެތައް ހާސް ސުވާލު އަހަރެންގެ ހިތާ ހިތާ އަހަރެންނަށް ކުރެވުނެވެ. ނިދަން އަހަރެންނަށް އުނދަގޫވިއެވެ.
އެޖޫސްތަށި ބޭނުންވަނީއެވެ. ފައިރޫޝް ގެންނަ ކުރުނބާ ރަހަ ތަފާތެވެ. މިޔަކުން އަހަރެންގެ ކަރުހިއްކުން ނުފިލައެވެ.
އަހަރެންގެ ހަޔާތް އަރަތަކަށް އަހަރެންނަށް ވެއްޖެއެވެ. އަހަރެންގެ ލޮލުން ހޯސްލާފަ ކަރުނަ ފައިބަމުން ދިޔައެވެ. މިކަން ފައިރޫޝް އަކަށް ނޭނގުނެވެ. ހިނދު ކޮޅަކުން އިވެންފެށީ ފައިރޫޝްގެ ގުގުރީގެ އަޑެވެ.
ދައްތަ އަހަރެންނަށް ކިހާ އިތުބާރު ކުރާނެ ހެއްޔެވެ. އެކަމަކު އަހަރެން މިކުރީ ކީއް ހެއްޔެވެ.
އަހަރެންގެ ފުރާނަ ދާވަރަށް އަހަރެންނަށް ރޮވެމުންދިޔައެވެ. ކުށެއް ކުރާ ކޮންމެ މީހަކު މިގޮތަށް ރޯނެ ބާވައެވެ.
ހެނދުނު ހެނދުނާ ދުވާލުގެ ބުރަމަސައްކަތާ އަހަރެން ކުރިމަތި ލީމެވެ. ދައްތަ އޮންނަނީ އަހަރެންނަށް މަސައްކަތް ކުރުން މުޅިން މަނާ ކޮށްފައެވެ.
ޅިޔަނު ފެންނަ އިރަށް އަހަރެން ރޫރޫ އަޅައިގެން ދެއެވެ. އެކަމަކު ޅިޔަނު އެއްވެސް ޙާއްސަގޮތެއް ނުބެހެއްޓިއެވެ. މިއީ ކިހާ އަޖާއިބު ކަމެއް ހެއްޔެވެ. އެއްވެސް ކަމެއް ނުވާ ގޮތަށް މީހުން އެއުޅެނީ ކިހިނަކުން ބާވައެވެ.
މާނބަނޑު މީހުންނަށް ވާ އެއްވެސް ކަމެއް އަހަރެންނަށް އެބަވޭ ހެއްޔެވެ؟ ފިރިމީހާގެ ޙައްޤުތަކަކީ ކޮބާކަން އަހަރެން ހަނދާން ނެތުނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ މައިންބަފައިން އަހަރެންނަށް ދިން ތަރުބީއްޔަތަކީ މިއީ ބާވައެވެ. އެއްވެސް ކުށަކާ ނުލާ އަހަރެންގެ ދައްތަޔާ އަހަރެންގެ ފިރިމީހާއަށް އަނިޔާ އަހަރެންގެ ފަރާތުން ލިބިގެން ނުވާނެއެވެ.
އަހަރެން ނޭވާހާސްވެގެން ހޮސްޕިޓަލަށް ގެންދިޔައެވެ.
އާދައިގެ މަތިން އަހަރެންގެ ފިރިމީހާ ނެތެވެ. ހުރިހާ ޒިންމާއެއް ނެގީ ޅިޔަނެވެ.
ޅިޔަނުގެ އަތްދަޑިމަތީ އަހަރެން ހޮސްޕިޓަލަށް ގެންދިޔައެވެ. މިއަދު އެހޫނު ކަމަކުން އަހަރެން އުފަލެއް ނުވިއެވެ. ލޯމަރާލާއިރަށް ކުށްވެރިޔެއްގެ ސިފައިގައިވާ އަހަރެންގެ ޒަމީރު އަހަރެންނަށް ފެނި ލަދުގަންނަވަމުން ދެއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. (ނުނިމޭ)