އޭދަފުށީ ފުޓްސަލް ދަނޑުހުޅުވުނީއްސުރެ މިހާތަނަށް ވޭތުވެދިޔަ މަސްތަކުގެ ތެރޭ މި ދަނޑުގެ ލޯ ވަނީ އަދިރިވެފަ އެވެ. އެހެނީ އެ ދަނޑަށް އަލިކުރުމަށްޓަކައި ޖަހާފައިވާ ލައިޓްތަކަކީ ގޭގޭގެ ގޯތިތެރެ ނުވަތަ މަގުމަތި އަލިކުރުމަށްޖަހާ ބާވަތުގެ ނުލާހިކު އަލިކަންކުޑަ އަދި މިފަދަ ދަނޑުތަކުގައި ބޭނުންކޮށްއުޅޭ ލައިޓްތަކަކަށް ނުވާތީ އެވެ.
މި ސަބަބަށްޓަކައި އެ ދަނޑަށް ބޯޅަކުޅެން ޒުވާނުންނަށް ކުރިމަތިވެފައިވަނީ ލޮލުގެ އަލިކަން ފަނޑުވެފައިވާ ދުވަސްވީ މީހުންގެބީދައިން ފަނޑުފަނޑު އަލިކަމެއްގެތެރޭގައި ހިތާދެކޮޅަށް ބޯޅަކުޅުމުގައި ޙަރަކާތްތެރިވުމުގެ ހިތްދަތި އިޙްސާސްތަކެވެ.
މިކަމަށް ޙައްލެއްގެނެވޭތޯ ޒުވާނުންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ރަށުކައުންސިލާ އަދި ކަމާގުޅުންހުރި ސަރުކާރުގެ އެންމެހާ މުއައްސަސާތަކާ އިދާރާތަކުގައި ޓަކިޖަހާ ޒުވާނުންގެ އަގުހުރި ވަގުތުތައް ދަނީ ބޭކާރުވެގެންނެވެ. ނަތީޖާއެއް ފެންނާނެކަމުގެ ކުޑަވެސް އުއްމީދެއް އަދި މިހާތަނަށް ފެނިފައެއް ނުވެއެވެ. ޒިންމާ އުފުލާނެ މަސްއޫލުފަރާތެއް އަމުދުން ނެތްކަހަލައެވެ. އެހެނީ މިކަމަށްޓަކައި ކުރެވޭއެއްވެސް މަސައްކަތެއްގެ އެއްވެސް ނަތީޖާއެއް އަދިވަނީ ނުފެނިފަ އެވެ.
ދަނޑުގެ ލޯއަދިރިވެ އަލިކަންނެތިފައިވާ ޙާލު ލޯ އަލިކޮށް އަނދިރިކަން ފިލުވޭތޯ ކަމާބެހޭ ދައުލަތުގެ އިދާރާތަކާއި، އާއްމު އަފުރާދުންގެ ސަމާލުކަމަށްޓަކައި މިވާހަކަ ލިޔެލީމެވެ.
އޭ އަބްދުލްވާހިދު ހުސައިން، އަހަރެމެންގެ އިއްޒަތްތެރި ކައުންސިލޭ ކިޔައިގެން ކައުންސިލްގެ އަގުވެއްޓޭގޮތަށް ފާޑުފާޑަށް ނޫސްތަކުގައި ނުލިޔާތި. ތިވާހަކަ ކައުންސިލަށް އިއްވަން މާރީތިގޮތްގޮތްހުންނާނެ. ވާހިދު ކަރަންޓުބިލާ ހަވާލުވާންވީނު. އޭރުން ދަނޑު ރެއާދުވާލު ދިއްލާއަޅާފަ ބޭއްވިދާނެ. އަލީވަހީދުގެ ރިޔާސަތުގެދަށުން ކައުންސިލުން ކަންކަންކުރަނީ ވަރަށްވިސްނާފަ. ވާހިދުވެސް އިންޖީނުގޭގަ ހުންނަވައިގެން އަޅުގަނޑުމެން ރައްޔިތުންނަށްތިޔަކޮށްދެއްވާ ހިދުމަތަށް ސުކުރުވެރިވަން.
ހަބަރެއް ލިޔާއިރު އެންމެ ފަހަރަކު ނަމަވެސް އިޙްލާސްތެރިކަމާއެކު ލިޔާނަމަ ކީއްތަވާނީ މިކަމާ ގުޅޭ މުއްސަސާއެއްގެ ބަހެއްް ހޯދާލުން. ނުހޯދާނެ. ސަބަބަކީ އީޓީގެ މިވަގުތުގެ ލިޔުންތެރިންނަކީ މިސަރުކާރާއި ކަނޑައެޅިގެން ދެކޮޅު ބަޔަކަށްވާތީ، ސަރުކާރުން ކުރާ އެއްވެސް ރަގަޅު ކަމެއްގެ ވާހަކައެއް އޮޅިގެންވެސް މިއަކަށް ނާރާނެ. ނުވެސް ފެންނާނެ. ތިޔަބުނާ ލައިޓްތަކެއްވެސް މިހާރު ހުރީ ލިބިފައި. ދެން ބުނޭ ކަމާ ބެހޭ އެއްވެސް މުވައްސަސާއަކުން ޖަވާބެއް ނުލިބުނޭ.
މިކަން މިހާ ދިގުލައިގެންދިޔައިރުވެސް ރަށުކައުންސިލް އޮތީނިދާފަބާއޭ ހިތަށްއަރާ!!! މިފަދަ ކަންކަމުގައި ޒިންމާދާރު ފަރާތްތަކުގެ ޒިންމާ އޭގެފުރިހަމަ ގޮތުގައި އަދަނުކުރާނަމަ އެއީ ރައްޔިތުންނަށް ޚާއްޞަކޮށް ޒުވާނުންނަށް ވެވޭ ވަރަށްބޮޑު އުހުމާލެކެވެ. އޭދަފުށީ ކައުންސިލްގައި ތިބި ޒުވާންކައުންސިލްރުންގެ ރޯލަކީ ކޮބާބާވައޭ ހިތަށްއަރައެވެ. ހަމައެކަނި މުސާރަނަގައިގެން ތިބޭބަޔަކު ކަމުގައިވާނަމަ މިއީ ރައްޔިތުންނަށްވެވޭ ވަރަށްބޮޑު ޚިޔާނާތެކެވެ. އަދި ކައުންސިލުން ކަންކަން ކުރަންވާނީ ޒިންމާދާރު އަދި ޖަވާބުދާރީ ވަނިވި އުޞޫލަކުންނެވެ. އަދި ކައުންސިލުން ނިންމާ އެންމެހާ ކަންކަން ނިންމަންވާނީ ރައްޔިތުންނަށް އޭގެލާބަޔާ މަންފާ ލިބޭނެ އެންމެބޮޑުގޮތަކަށެވެ. އަދި ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގަންވާނެކަމަށް ބަޔާންކޮށްފައިވުމުގެ މަފުޙޫމަކީ މިދެންނެވި ނަތީޖާތައް ޙާޞިލް ކުރުންކަން ޔަޤީނެވެ.