މާރެސް ޤުރުއާން މުބާރާތުގެ 1ވަނަ އުމާމަތު ޢައްބާސް ހޯދައިފި

މުޅި މުބާރާތުން 1 ވަނަ ހޯދި އުމާމަތު ޢައްބާސްއަށް ޝަރަފުވެރި މެހްމާން ޢަބްދުﷲ ސުޖާޢު އިނާމު ޙަވާލުކޮއްދެއްވަނީ. ފޮޓޯ: މާރެސް
މުޅި މުބާރާތުން 1 ވަނަ ހޯދި އުމާމަތު ޢައްބާސްއަށް ޝަރަފުވެރި މެހްމާން ޢަބްދުﷲ ސުޖާޢު އިނާމު ޙަވާލުކޮއްދެއްވަނީ. ފޮޓޯ: މާރެސް

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިއަތޮޅު މާޅޮހުގައި އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރްމެންޓް ސޮސައިޓީ (މާރެސް)ގެ 10ވަނަ ޤުރުއާން މުބާރާތުގެ 1 ވަނަ މާޅޮހު ވަގުތީހިޔާ އުމާމަތު ޢައްބާސް ހޯދައިފިއެވެ.

ހަ ޢުމުރުފުރާއަކުން 68 ފަރާތަކުން ބައިވެރި މިއަހަރުގެ މުބާރާތުގެ 2 ވަނަ ހޯދީ މާޅޮހު އެއިޓް، ޞިބާ ޢަބްދުއްރަޝީދެވެ. ތިންވަ ހޯދީ ލިލީގޭ އައިމިނަތު ޝަހީމާއެވެ.

ކީރިތި ޤުރުއާން ރީތިކޮށް ކިޔަވަން ދަންނަ ފަރާތްތަކެއް މާޅޮހުގައި އުފެއްދުމާއި ކީރިތި ޤުރުއާނުގެ ލޯބި ހިތްތަކުގައި އަށަގެންނެވުމުގެ މަޤުޞަދުގައި މާޅޮހަށް ހުޅުވާލައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރު އިންޞާފު ކޮއްދެއްވީ އޭދަފުށީ ޝައިޚު ޢަބްދުލްމަޖީދު (މަޖީދުބެ) އާއި ރާއްޖެއިން ބޭރުގެ 2 ޙާފިޟުންނެވެ.

މި މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދެއްވީ މިކަމަށްޓަަކއި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މާޅޮހު ކައުންސިލު އިދާރާގެ ރައީސް ޢަބްދުﷲ ސުޖާޢު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.