
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން މިރޭ ބޭއްވި ޑިނާ ނައިޓްގެ ލަކީ ޑްރޯގެ ނަސީބުވެރިއަކަށް އޭދަފުށީ ހަނދުވަރު، ނަޝާދު އަބްދުލްވާހިދު ހޮވިއްޖެ އެވެ.
މި ޑިނާ ނައިޓްގެ ނަސީބު ވެރިއަކަށް ބ. އަތޮޅު އަނަންތަރާ ކިހަވައް ވިލާސް ރިސޯޓްގައި ދެ މީހަކަށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ. އަނަންތަރާ ކިހަވައް ވިލާސް ރިސޯޓްގައި އެއްދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ސޮޕޮންސާ ކޮށްފައިވަނީ އެ ރިސޯޓުންނެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިރޭ އެ ސްކޫލުގައި ބޭއްވި ޑިނާ ނައިޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވަރަށްބޮޑަށް ޝުކުރުއަދާ ކުރާ ކަމަށެވެ.
އެ ސްކޫލުން ބުނީ ޑިނާ ނައިޓުން ލިބުނު ފައިސާ ޚަރަދު ކުރާނީ، ޕީޓީއޭ އިން ހިންގާ ފަންޑް ރައިސް ކުރުމުގެ ޕްރޮގްރާމުގެ ދަށުން މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށާއި ސްކޫލުގައި ހިންގޭ އެހެނިހެން ހަރަކާތްތަކަށް ކަމަށެވެ.
މިއީ އެ ސްކޫލުގައި ބޭއްވި ފުރަތަމަ ޑިނާ ނައިޓެވެ.
އަންމަޑޯ މަ ގެންދޭ އަނަންތަރާއަށް ޕްލީޒް! މަރުހަބާ މައި ފުރެންޑޫ!