މުބާރާތުގައި ކުޅެން ހުއްދަދިނީ ރިލީސް ހޯދައިގެން ކުޅުމަށް: ބައްޓޭ

DSC_0962

އަޟްހާ އީދުގެ މުނާސަބަތާއި ގުޅުވައިގެން “ރައީސް ޔާމީން 2018” ގެ ނަމުގައި އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ ޑިވިސަން އަދި ގައުމީ ޓީމުގެ ކުޅުންތެރިންނަން ކުޅުމަށް ހުރަސް ނާޅާ ކަމަށާއި ނަމަވެސް މި މުބާރާތުގައި ކުޅެން ހުއްދަ ހޯދުމަކީ އެ ކުޅުންތެރިންގެ ޒިންމާއެއް ކަމަށް މުބާރާތް އިންތިޒާމްކުރި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުޙައްމަދު ޒާހިދު (ބައްޓޭ) ބުނެފި އެވެ.

ބޮޑުއީދު ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ސަބަބުން ޢަލީ ފާސީރު (ސެންޓޭ) ގައުމީ ޓީމުން ބާކީކުރި މަައްސަލައާއި ގުޅޭގޮތުން “އީޓީ” އާއި ވާހަކަދައްކަމުން ބައްޓޭ ބުނީ އެއްވެސް އަހަރަކު އެއްވަނަ ޑިވިޝަނާއި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކުޅުމަށް ހުރަސް ނާޅާކަމަށެވެ. އަދި މުބާރާތުގެ ގުރުނެގުމަށް އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުޅުންތެރިންނަށް ކުޅެވޭނެކަމަށް ބުނެފައިވާނެކަމަށާއި، ނަމަވެސް ކުޅެގެން އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ ޒިންމާ ނަގަންޖެހޭނީ އެ ކުޅުންތެރިއަކާއި ޓީމުން ކަމަށްވެސް ބުނެފައިވާނެކަމަށް ބައްޓޭ ބުންޏެވެ.

“ގައުމީ ޓީމުގެ ކުޅުންތެރިން އަދި އެއްވަނަ ޑިވިޝަންގެ ކުޅުންތެރިނަށްވެސް ކުޅެވޭނެކަމަށް ބުނިން. އެކަމު އެއީ އެފްއޭއެމް އާއި ވާހަކަދައްކާފަ ބުނި އެއްޗެއް ނޫން. އެފްއޭއެމް އިން ހާއްސަ ހުއްދައެއް ނުނަގަން. ކޮންމެ މުބާރާތަކުވެސް ކުޅުންތެރިނަށް އެ ފުރުޞަތު ލިބޭ. އެކަމު ޓީމުން ރިލީސް ހޯދުމަކީ ކުޅުންތެރިންގެ ކަމެއް. އެކަމުގެ ޒިންމާ ނުނަގާނެ ކަމަށް ކުރިންވެސް ބުނިން،” ބައްޓޭ ބުންޏެވެ.

ބައްޓޭގެ ވާހަކައިގައި ބުނީ ޓީމުތަކުން ރިލީސް ހޯދަން ޖެހޭނެކަމަށް މުބާރާތުގެ ގަވާއިދުގައިވެސް ހިމަނާފައިވާނެ ކަމަށެވެ. އަދި ހުއްދަ ނުހޯދާ ކުޅުންތެރިން ކުޅޭނަމަ އެއީ އެ ކުޅުންތެރިންގެ ފުޓްބޯޅަ ކެރިއަރަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށްވެސް ބައްޓޭ ބުންޏެވެ. ބައްޓޭ ބުނީ ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދިނުމަށް މިފަހަރުވެސް ޓީމުތަކުން ވަރަށް ބޮޑަށް އެދެމުން ދިޔަކަމަށެވެ.

ނަމަވެސް މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ޓީމުތަކުން ބުނީ އެފްއޭއެމް މެދުވެރިކޮށް ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންނަށް އެ މުބާރާތުގައި ކުޅެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ބައްޓޭ ބުނި ކަމަށެވެ. އަދި ބޮޑު އީދު މުބާރާތުގައި އެކުޅުންތެރިން ނިސްބަތްވާ ޓީމުތަކުން ހުއްދަ ހޯދަން ނުޖެހޭނެކަމަށްވެސް އެ ރަސްމިއްޔާތުގައި ބައްޓޭ ބުނިކަމަށް ބައެއް ޓީމުތަކުން ބުނެއެވެ.

ގައުމީ ޓީމުގައި ގަވައިދުން ކުޅެމުން އަންނަ ސެންޓޭ ސްކޮޑުން އުނިކުރުމުގެ ސަބަބުން ވޯލްޑްކަޕް ކޮލިފައިންގައި ބޫޓާންއާއި ގަތަރާއި ދެކޮޅަށް ކުޅޭ މެޗްގައި ނުފެންނާއެވެ. ގައުމީ ޓީމުން ސެންޓޭ އުނިކުރިއިރު އޭނާ ހުރީ ގައުމީ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ގޮސްފައިވާ ނިއުރޭޑިއަންޓް ޓީމަށް ދޫކޮށްފަ އެވެ. އަދި ގައުމީ ޓީމުގެ ޕްރެކްޓިސް ފަށާފައިވަނީ ނިއުއާއި މާޒިޔާގެ ކުޅުންތެރިން ނުލައެވެ. އެހެންކަމުން އެހާލަތުގައި ސެންޓޭއަށް ސްކޮޑުން އުނިކުރުމުން ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

ސެންޓޭ ނެތުމަކީ ގައުމީ ޓީމަށް ލިބިގެންދާނެ ހީނަރުކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެއްވަނަ ޑިވިޝަނާއި ގައުމީ ޓީމުގައި އޭދަފުށީގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު މީގެ ކުރިންވެސް މުބާރާތްތަކުގައި ކުޅުމުގެ ސަބަބުން ބައެއް ކުޅުންތެރިންނަށް ކްލަބްތަކުން ވަނީ ފިވަޔަޅު އަޅާފަ އެވެ.

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

  1. Ali

    ފުޓްބޯޅައިގައި ކުރިއެރުން ނުލިބޭނަމަ، ކޮންމެވެސް އެހެން ކުޅިވަރަކާ ދިމާއަށް ދިއުން ބުއްދިވެރި. އެ ވަރިހަމަ ސެންޓޭވިޔަސް، ފާއްޓޭވިޔަސް

    ރައްދު
  2. Ali

    އޭދަފުށީ މީހަކަސް މިހާރު ދެން ސެންޓޭގެ ކުޅުން އެހާ ރަނގަޅުކަމަށް ނުދެކޭތީ، އެވަރަށް ކުޅުން ނުދެއްކޭތީ، މާބޮޑު އިޙްސާސްއެއް ނުކުރެވޭ…

    ރައްދު
  3. Ali

    މަ މާމޮޅޭ…. މަށަކަށް ކަމެއް ނުކުރެވޭނޭ ބުނާކަލަހަ ކިތަންމެ ބައެއް މިހާރުވެސް ފެންނަމުންދޭ…. އެފަދަ ފަރާތްތަކުން އެގޮތަށް ނުވިސްނުން ބުއްދިވެރި.

    ރައްދު
  4. އަޙްމަދު ރަޝީދު (ސީޓޭ)

    ކުޅުންތެރިންގެ ފުރިހަމަ ޒިންމާ، އިޙްސާސް ނުކުރެވޭ ނަމަ، އެއީ ވަރަށް ހިތާމަހުރި ކަމެއް.
    “ކުޅުންތެރިން ހޭލާށެވެ، އަދި ހޭލައްވާށެވެ”.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.