އޭދަފުށީގައި ބޮޑުހިލަ ޖެހުމުގެ ފުރަތަމަ ފިޔަވަހި ނިންމާލައިފި

ފުރަތަމަ ފިޔަވަހީގެ ދަށުން  އޭދަފުށީގައި ބޮޑުހިލަ ޖެހި ސަރަހައްދު
ފުރަތަމަ ފިޔަވަހީގެ ދަށުން އޭދަފުށީގައި ބޮޑުހިލަ ޖެހި ސަރަހައްދު

 

ބ. އޭދަފުށީ ހިއްކި ސަރަހައްދު ވަށައިގެން ބޮޑު ހިލަ ޖަހައި ހިމާޔަތްކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިއަދު ނިންމާލައިފި އެވެ.

މިއަހަރުގެ ޖެނުއަރީ މަހު ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގައި އޭދަފުށީގެ ހުޅަނގު އިތުރުން 857 މީޓަރުގެ ސަރަހައްދެއް ވަނީ ބޮޑު ހިލަ ޖަހައި ހިމާޔަތްކޮށްފަ އެވެ. މި މަސައްކަތަށް 22.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން  އޭދަފުށީގައި ބޮޑުހިލަ ޖެހި ސަރަހައްދު
ފުރަތަމަ ފިޔަވަހީގެ ދަށުން އޭދަފުށީގައި ބޮޑުހިލަ ޖެހި ސަރަހައްދު

 

ސަބްކޮންޓްރެކްގެ ދަށުން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރީ ހެވީފޯސް އިން ނެވެ.

ބޮޑު ހިލަ ޖެހުމުގެ ފުރަތަމަ ވިޔަވަހީގެ މަސައްކަތް ނިމުނު އިރު މިދިޔަ އޯގަސްޓްމަހު ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ވަނީ ފަށައިފަ އެވެ. ނަމަވެސް މި މަސައްކަތަށް ބޭނުންވާ ބޮޑުހިލަ ނުލިބުމުގެ ސަބަބުން އެ މަސައްކަތް މެދު ކެނޑިފައި އޮންނަތާ މިހާރު މަހެއްހާ ދުވަސް ވަނީ އެވެ.

އެމްޓީ ހޯގާޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ދެވަނަ ފިޔަވަހީގެ ދަށުން ރަށުގެ އިރުމަތީ ހިއްކި ސަރަހައްދު ވަށައިގެން ހުޅަނގު ދެކުނަށް ގާތްގަޑަކަށް 1300 އެއްހާ މީޓަރުގައި ރިވެޓްމަންޓް ޖަހާނެ އެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން  އޭދަފުށީގައި ބޮޑުހިލަ ޖެހި ސަރަހައްދު
ފުރަތަމަ ފިޔަވަހީގެ ދަށުން އޭދަފުށީގައި ބޮޑުހިލަ ޖެހި ސަރަހައްދު

 

އޭދަފުށީ ކައުންސިލުން ބުނީ، މި ޕްރޮޖެކްޓް އެއްކޮށް ނިމޭއިރު 2000 މީޓަރަށްވުރެ ބޮޑު ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.