ފެރީ ޓާމިނަލުގެ މަސައްކަތް ފަށައިފި

އޭދަފުށީ ބަނދަރުގައި ޓާރމިނަލެއް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ-
އޭދަފުށީ ބަނދަރުގައި ޓާރމިނަލެއް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ-

 

ބ. އޭދަފުށީ ބަނދަރުގައި ފެރީ ޓާމިނަލެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އޭދަފުށީ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުގެ ދަށުން ޓާމިނަލްގެ ކޮންކްރީޓް މަސައްކަތް ފަށާފައިވާއިރު، މި މަސައްކަތް ހަވާލުކޮށްފައިވަނީ އޭދަފުށީ އާރުވައިޓެން އިންވެސްޓްމަންޓާ އެވެ.

ރަށު ކައުންސިލުން ބުނި ގޮތުގައި ރަށުގެ ބަނދަރު ސަރަހައްދުގެ ހުޅަނގު އުތުރު ކަންމަތީގައި އިމާރާތްކުރާ ފެރީ ޓާމިނަލްގެ ކޮންކްރީޓް މަސައްކަތް ތިން ހަފްތާއެއްހާ ދުވަސްތެރޭގައި ނިމޭނެ އެވެ.

އޭދަފުށީ ކައުންސިލުގެ މެމްބަރު މުހައްމަދު ރިޒާ ވިދާޅުވީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޓާމިނަލް ހިޔާކުރުމާއި، ރާނާ ސިމެންތި ޖެހުންފަދަ މަސައްކަތްތައް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ. އަދި މިއަހަރުގެ ނިޔަލަށް ފެރީ ޓާމިނަލްގެ މައިގަނޑު މަސައްކަތްތައް މުޅިން ނިންމާލެވޭވަރު ވާނޭކަމަށްވެސް އޭދަފުށީ ކައުންސިލުން ބުނެ އެވެ.

ފެރީޓާމިނަލްގެ މަސައްކަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިނަމަވެސް ތިން ފިޔަވަހީގެ މަސައްކަތް މެދު ނުކެޑި ކުރިއަށް ދާނެކަމަށް ރަށު ކައުންސިލުން ބުނެއެވެ.

ފެރީ ޓާމިނަލުގައި ދަތުރުވެރިން މަޑުކޮށްލުމަށް ތިބޭ ފެންޑާއަކާ ފިހާރައަކާ ދެޖިންސްގެ މީހުންބޭނުން ކުރުމަށް ދެ ފާޚާނާގެ އިތުރުން ގުދަނެއް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. މުޙައްމަދު ރިޟާ

    ފުޓްސަލް ދަނޑު ބަލަހައްޓަނީ ޔޫތު ސެންޓަރުން، އަޅުގަނޑު މެން ކުރާކަމަކީ ޔޫތު ސެންޓަރަށް ނުކުރެވޭ ކަންތައް،

    ރައްދު
  2. ޒާރާ

    ކައުންސިލަރުންގެ މައިގަނޑު މަސައްކަތަކީ ރައްޔިތުންނަށް އޮޅުވާލުމާ މަކަރުހެދުން އެމީނުން އެކަން ބަރާބަރަށްކުރާނެ، ފެރީޓާމިނަލެއް އެޅިޔަސް ޗޭންޖިންގ ރޫމެއް ހެދިޔަސް ކަމުގެ ހަޤީގަތް އޮޅުވާލަން މަސައްކަތް ކުރާނެ. މިހާރު އެހަދަމުންދާ ޗޭންޖިންގ ރޫމްގެ މަސައްކަތްވެސް ކުރަމުން އެގެންދަނީ މާލިއްޔަތުގެ ޤާނޫނާ އަދި ޤަވާޢިދާއި ޚިލާފަށް. މިކަންކަން ބެލުމަށް ގޮވާލަން.

    ރައްދު
  3. AHMED NADEEM

    ފުޓްސަލް ދަނޑުގައި ލައިޓްތައް ހަރުކުރެވިފައިވާތީވެސް ވަރަށް އުފާވެއްޖެ. ދެން ހުރި ކަންކަންވެސް ކުރިއަށް ގެންގޮސް ނިންމާލާ.

    ރައްދު
  4. AHMED NADEEM

    ފެރީ ޓާމިނަލްގެ މަސައްކަތް ފެށުމުން ވަރަށް އުފާވެއްޖެ. ފެރީ ޓާމިނަލް އަކީ ބަނދަރު ސަރަހައްދުގައި ކުރެވޭ އިމާރާތަކަށްވާއިރު ލޮނުގެ އަސަރު ކުރުން ވަރަށް ބޮޑުވާނެ. ދެމެހެއްޓެނިވި ގޮތަކަށް އިމާރާތް ބެލެހެއްޓޭނީ އިމާރާތް ކުރާއިރު އެކަންކަމަށް ސަމާލުކަން ދޭނަމަ. އަޅުގަނޑު ގަބޫލްކުރަން ކައުންސިލުން އެކަމަށް ރިއާޔަތް ކުރާނެކަމަށް. ތަނުގެ އިންތިޒާން ގެއްލުނަ ނުދިނުމަށް ފިހާރަތަށް ކުއްޔަށް ހިފާ މީހުންނަށް ދަތުރުވެރިންގެ ސަރަހައްދު ބެލެހެއްޓުން ހަވާލުކުރަންފެނޭ. ކައުންސިލުން އެތަން ބަލަހައްޓަން އުޅެފިނަމަ އެކަން ވުމަށްވުރެ ގާތީ ނުވުން. މިސާލަކަށް ފުޓްސަން ދަނޑާމެދު ވިސްނާލާ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.