ބ. އަތޮޅު ކައުންސިލްގެ ބަށި މުބާރާތް މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެއެވެ.
އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތް ކުރިއަށްދާނީ އޭދަފުށީ ދެކުނު ފަރާތު ހިއްކި ބިމުގައެވެ.
މުބާރާތުގެ އެންމެ ގަދަ ދެ ޓީމު އޭދަފުއްޓާއި ގޮއިދޫ އޮތީ ގްރޫޕް އޭގައެވެ. އެ ގްރޫޕެއްގައި ދެން އޮތީ މާޅޮހެވެ.
ގްރޫޕް ބީ ގައި ހިމެނެނީ ފުޅަދޫ، ތުޅާދޫ އަދި ހިތާދޫއެވެ.
މުބާރާތުގައި ހިމެނޭ 6 ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ޓީމެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ލިބޭއިރު ރަނަރަޕް ޓީމަށް 15،000 ރުފިޔާ ލިބެއެވެ.
އަތޮޅު ކައުންސިލުން ބުނިގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ތާރީހީ ކުޅިވަރެއް ކަމަށްވާ ބަށި ތަރައްގީކޮށް މުބާރާތްތަކުގައި ވާދަ ނުކުރެވޭ އަންހެން ކަނބަލުންތަކަށް އެ ފުރުސަތު ހޯދައިދިނުމެވެ.
މުބާރާތުގެ ޝެޑިއުލް
22 ނޮވެމްބަރު 2015: ފުޅަދޫ – ހިތާދޫ
22 ނޮވެމްބަރު 2015: މާޅޮސް – އޭދަފުށި
23 ނޮވެމްބަރު 2015: ތުޅާދޫ – ފުޅަދޫ
23 ނޮވެމްބަރު 2015: ގޮއިދޫ – މާޅޮސް
24 ނޮވެމްބަރު 2015: ހިތާދޫ – ތުޅާދޫ
24 ނޮވެމްބަރު 2015: އޭދަފުށި – ގޮއިދޫ
25 ނޮވެމްބަރު 2015: ސެމީ ފައިނަލް
27 ނޮވެމްބަރު 2015: ފައިނަލް