
އޮސްޓްރޭލިއާގެ ރީތީގެ ރާނީ އަދި 2004ގެ މިސް ޔުނިވާސް ޖެނިފާ ހޯކިންސް އާއި އޭނާގެ ފިރިމީހާ ޖޭކް ވޯލް ބ. އަތޮޅު އަމިއްލަފުށީ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެ އެވެ.
ޖެނިފާ ހޯކިންސް އާއި އޭނާގެ ފިރިމީހާ ރާއްޖެ އައިސްފައިވާ އިރު އެ ދެމަފިރިންގެ ޓުވިޓާ އާއި އިންސްޓަގްރާމް ދަނީ ބަރާބަރަށް އަޕްޑޭޓް ކުރަމުންނެވެ.
އިންޑޮނީޝިއާގެ ބާލީގައި ޖޫން 2013 ގައިި ކައިވެނި ކުރުމަށް ފަހު ޖެނިފާ އާއި ޖޭކް ހަނީމޫނުގެ ބައެއްދުވަސްތައް ހޭދަކުރީ ރާއްޖޭގައެވެ. އަދި މިދިޔަ އަހަރުވެސް އެ ދެމަފިރިން ރާއްޖެ އައިސްފައިވެ އެވެ.

އަންނަ އަންގާރަ ދުވަހުު 32 އަހަރު ފުރޭ ޖެނިފާ ރާއްޖެ އައިސްފައި ވަނީ އޭނާ އުފަންދުވަސް ފާހަގަ ކުރަން ކަމަށް ބައެއް މީޑިއާ ތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
އޮސްޓްރޭލިއާގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ޖެނިފާ އާއި މޮޑްލް ޖޭކް އެންމެ ފުރަތަމަ ދިމާވީ 2004ގެ މިސް ޔުނިވާސް ޕޭޖެންޓްގެ ކުރިންނެވެ. މިސް ވޯލްޑް މުބާރާތް ކާމިޔާބު ކުރުމަށް ފަހު ޖެނިފާ ނިއު ޔޯކުގައި ހޭދަކުރި އެއް އަހަރުގެ މުއްދަތުގައި ވެސް ދެ ލޯބިވެރިންގެ ގުޅުމަށް ބަދަލެއް ނާދެ އެވެ.

ކޮންމެ އަހަރެއްގެވެސް މިދުވަސްކޮޅު ދުނިޔޭގެ މަޝްހޫރު ގިނަ ސްޓާރުން ބ. އަތޮޅު ރިސޯޓްތަކަށް ޗުއްޓީ ހޭދަކުރުމަށް އާދެ އެވެ.