ގާލްޑައިޑް ކުދިންގެ ތިމާވެށި ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ގައިޑް ތިމާވެށީގެ ކޭމްޕްގެ ބައިވެރިން އޮޅުގިރީގައި
ގައިޑް ތިމާވެށީގެ ކޭމްޕްގެ ބައިވެރިން އޮޅުގިރީގައި

 

ދަރިވަރުންނަށް ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ދިރިއުޅުމުގައި ގެންގުޅުން މުހިއްމު ތިމާވެއްޓާއި ރައްޓެހި އާދަކާދަތައް އަށަގެންނެވުމަށްޓަކައި ގާލްގައިޑް އެސޯސިއޭޝަނުން އޭދަފުށީގައި ފެށި “ތިމާވެށީގެ ކޭމްޕް” ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

މިއީ ތިމާވެއްޓާބެހޭ މިނިސްޓްރީ އާއި ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީސް އަދި ސޮނެވާފުށި ރިސޯޓް ގުޅިގެން 4 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ކޭމްޕެކެވެ. މި ކޭމްޕްގައި ރާއްޖޭގެ އެކި ސްކޫލުތަކުން 150 ދަރިވަރުން ބައިވެރިވި އެވެ.
މި ކޭމްޕުގެ ޝިއާރަކީ “ބަޔޮސްފިއާ ރިޒާވް – އަވާ އެންވަޔަރަމަންޓް” މިއެވެ. ޝިޔާރާ އެއްގޮތަށް ކޭމްޕުގެ ހުރިހާ ކަމެއް ވެސް އަމާޒުކުރެވިފައިވަނީ ތިމާވެށްޓާ ގުޅޭ ގޮތަށެވެ.

ކޭމްޕްގެ ބައިވެރިން ސްނޯކްލިން އަށް ތައްޔާރުވެގެން.
ކޭމްޕްގެ ބައިވެރިން ސްނޯކްލިން އަށް ތައްޔާރުވެގެން.

 

“އަޅުގަނޑުމެން ކޭމްޕުގެ ހުރިހާ ކަމެއް ރާވާފައިވަނީ ތިމާވެށްޓާ ގުޅޭ ގޮތުން. އެގޮތަށް ބަލާއިރު ހަގީގަތުގައި ބ. އަތޮޅަކީ މި ކޭމްޕް ބޭއްވުން އެންމެ ރަނގަޅު އެއް ލޮކޭޝަން ވެސް މެ. އެއީ ރާއްޖޭގަިއ އޮތް ހަމައެކަނި ބަޔޮސްފިއާ ރިޒާވް އޮތީ މިއަތޮޅުގައި. ހަމަ އެހެންމެ މި އަތޮޅުގައި އެބަހުރި ހިމާޔަތްކުރެވިފައިވާ ތަންތަނާއި ތިމާވެށީގެ ގޮތުން ހާއްސަ ތަންތަން ވެސް. އެގޮތުން އޮޅުގިރި ކުޅި ފަދަ ތަންތަނަކީ ބައިވެރިންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ލިބުނު ތަންތަން،”

މި ކޭމްޕްގައި ކުދިންނަށް އަމަލީ ތަޖުރިބާ ފޯރުކޮށްދިނުމުގެ ގޮތުން ފަރުތަކާއި ކުޅިތައް ބަލައި، ލިބެމުންދާ ގެއްލުންތަކާމެދު މަޝްވަރާކޮށް، މިފަދަ ކަންތައްތައް ވީހާވެސް މަދު ކުރުމަށް އެ ކުދިންގެ ފެންވަރުގައި އަމަލީގޮތުން ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ދީފައިވެ އެވެ.

އޮޅުގިރި
އޮޅުގިރި

އެގޮތުން ސޮނެވާފުށީ ރިސޯޓްގައި ކުނި މެނޭޖްކުރާ ގޮތާއި އޯގާނިކް ގާޑަންގެ އިތުރުން އެ ރިސޯޓާއި ބ. އަތޮޅުގެ އެހެން ރިސޯޓުތަކުގައި ބޭނުންކޮށްފައި ހުންނަ ބިއްލޫރި ތަކެތި ރިސައިކަލް ކޮށްގެން ބިއްލޫރިން ތަކެތި ހެދުމުގެ މަސައްކަތް ކުރާ ސްޓޫޑިއޯއަށް ޒިޔާރަތްކޮށް ދަރިވަރުންވަނީ މައުލޫމާތު ހޯދައިފަ އެވެ. އަދި ބަޔޮސްފިއާ ރިޒާވުގެ ދަށުން މިއަތޮޅުގަިއ ހިމާޔަތް ކޮށްފައި އޮންނަ “އޮޅުގިރި” އަށް ގޮސް އެ ރަށުގައި ހުރި ތިމާވެށީގެ ނާޒުކު ތަންތަން ބެލުމާއި އެ ރަށުގެ ތާރީހީ ތަންތަނަށް ޒިޔާރަތްކުރުން ހިމެނެ އެވެ.

DSC_1428

“މިކޭމްޕުން ވަރަށް ބައިވަރު ކަންތައްތައް ދަސްވި. އެގޮތުން ބަޔޮސްފިއާ ރިޒާވް ކުރާނެ ގޮތާއި މެންގްރޫސް ގައި ގަސްހެދޭ ގޮތާއި ވޭސްޓް މެނޭޖް ކުރާނެ ގޮތާއި ކުނިން ފައިސާ ނެރެވޭނެ ގޮތްތަކާއި އެކަހަލަ ވަރަށް ބައިވަރު ކަންތައްތައް އެނގިންގެންދިޔަ.” ކޭމްޕްގައި ބައިވެރިވި އިސްކަންދަރު ސްކޫލުގެ ދަރިވަރު މާލީ “އީޓީ”އަށް ކިޔައިދިނެވެ.

DSC_3194
މި ކޭމްޕްގެ ސަބަބުން ތިމާވެއްޓާ ގުޅޭގޮތުން ދަރިވަރުންނަށް ތަފާތު މައުލޫމާތު ލިބި، އެ މައުލޫމާތުތަކުގެ އަލީގައި ދަރިވަރުންގެ ފެންވަރުގައި މުޖުތަމައެއް ބިނާކޮށް އެހީތެރިކަން ފޯރުކޮށްދީ ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ގާލްގައިޑް އެސޯސިއޭޝަނުން އުއްމީދު ކުރެ އެވެ.

ކޭމްޕުގެ ހަރަކާތްތަކުގެ ތެރޭގައި ތިމާވެއްޓާ މެދު ދަރިވަރުން ހޭލުންތެރިކުރުވުމާއި ތިމާވެށީގެ ކަންކަމަށް އަހުލުވެރިކުރުވުން ހިމެނެ އެވެ. ބައިވެރިންގެ ބޮޑު ޝައުގެއް ކޭމްޕުގެ ހަރަކާތްތައް ލިބިފައިވާއިރު އެންމެ މުހިއްމު މަސައްކަތަކީ ތިމާވެއްޓާ ބެހޭ ގޮތުން ދަރިވަރުން ތައްޔާރުކުރާ އެކްޝަން ޕްލޭނެވެ.

ކުނި މެނޭޖު ކުރާނެ ބެހޭގޮތުން އަމަލީ ތަޖުރިބާ ހޯދަނީ
ކުނި މެނޭޖު ކުރާނެ ބެހޭގޮތުން އަމަލީ ތަޖުރިބާ ހޯދަނީ

“އެންމެ މުހިއްމު ކަމަކީ ކޭމްޕް ނިންމުމަށް ފަހު ހުރިހާ ބައިވެރިން ތިމާވެށި ރައްކާތެރިކުރުމަށް ކަންތައްތަކެއް ކަނޑައަޅައި އެކްޝަން ޕްލޭންތަކެއް ހެދުން. ބައިވެރިވި ހުރިހާ ސްކޫލުތަކުންވެސް ކުރިއަށްއޮތް ދެތިން މަސްތެރޭ އެކްޝަން ޕްލޭން ތައްޔާރުކޮށް އަންނަ އަހަރުތެރޭ އެއަށް އަމަލުކުރަން ފަށާނެ،”

 

ކޭމްޕްގެ ވައިވެރިން ސޮނެވާފުށީގައި
ކޭމްޕްގެ ބައިވެރިން ސޮނެވާފުށީގައި

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.