ވަގަށްނެގި ކޭޝް ޑްރޯވަރ މޫދަށް އެއްލާލާފައި އޮއްވައި ފުލުހުން ހޯދައިފި

57804e46d04278bdddb483a3a23a3c99c4f6f507111bdf855eb9249e843a2756

ގިނަ އަދަދެއްގެ ފައިސާ އެކު ވަގަށް ނެގި އޭދަފުށީ ކާށިދޫގޭ އެލްމެނިއަމް ފިހާރައިގެ ކޭޝް ޑްރޯވަރ މޫދަށް އެއްލާލާފައި އޮއްވައި ފުލުހުން ހޯދައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ދުވަހު ވަގަށް ނެގި ކޭޝް ޑްރޯވަރ މޫދުގައި އޮއްވައި ހޯދި އިރު، އޭގެ ތެރެއިން 12000 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތަށް 6 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ހަތަރު ކުދިންވެސް ހިމެނޭ ކަމަށެވެ.

ފުލުހުން ބުނީ ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން ބައެއް ފައިސާ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުން ދިރިއުޅެމުންދާ ގެތަކުން ފެނިފައިވާ ކަމަށެވެ.

“އެގޮތުން މި މީހުން ދިރިއުޅެމުންދާ ގެތަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ 3000 ރުފިޔާ ފެނިފައިވެ އެވެ. މީގެއިތުރުން ވަގަށް ނަގާފައިވާ ކޭޝްޑްރޯވަރ ފެނިފައިވަނީ މޫދަށް އެއްލާލާފައިވަނިކޮށެވެ. އަދި މޫދަށް އެއްލާލާފައިވަނިކޮށް ފެނުނު ޑްރޯވަރ ތެރެއިން 12000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ފެނިފައިވެއެވެ،” ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.