އޭދަފުށި ޒުވާނުންގެ ކްލަބުން އިންތިޒާމް ކޮށްގެން 12 އަހަރުންދަށުގެ ކުދިންނަށް ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
އޭދަފުށި ޒުވާނުންގެ ކުލަބުގެ ސީއީއޯ އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) ބުނި ގޮތުގައި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އޭދަފުށި ކުޑަކުދިންގެ މެދުގައި ފުޓްބޯޅަ ކުޅުމުގެ ރޫޙް އާލާކުރުމާއި، ކުޅުންތެރިން އުފެއްދުމުގެ އިތުރުން އެކުދިންގެ އަހުލާގު ރަގަޅު ކުރުމެވެ.
“ނިޔުޑޯން” އޭދަފުށި ޔޫތް ފުޓްބޯލް ލީގް 2016″ ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހުން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ދިގަލި ހާޑްވެއާ އަށް ހުށަހަޅަންޖެހެއެވެ. މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމާއި ޤަވާއިދު ދިގަލި ހާޑްވެއަރ އިން ލިބެން ހުންނާނެ އެވެ.
މާޗު 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާ ބަންދެއްގަ އެވެ.