މިދިޔަ އަހަރު ބ. އަތޮޅުން އެންމެ ހިންގުންތެރި ކައުންސިލަކަށްދޭ އެވޯޑް އޭދަފުށީ ކައުންސިލަށް ލިބިއްޖެ އެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ފެށިތާ ފަސް އަހަރު ފާހަގަ ކުރުމުގެ އުފުލުގައި ރޭ ދަރުބާރުގޭގައި ބޭއްވި ލާމަރުކަޒީ ދުވަހުގެ ޖަލްސާގައި އޭދަފުށީ ކައުންސިލާ މި އެވޯޑް ހަވާލުކޮށްދެއްވީ އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އެވޯޑާ އޭދަފުށީ ކައުންސިލުގެ ފަރާތުން ހަވާލުވެވަޑައިގަތީ ކައުންސިލުގެ ރައީސާ ނާޒުނީނާ ޔޫސުފު އެވެ.
އަތޮޅު ކައުންސިލްތަކުގެ ތެރެއިން އެއް ވަނަ ކައުންސިލަކަށް ހޮވުނީ ށ. އަތޮޅު ކައުންސިލެވެ. ދެވަނަ ކައުންސިލަކަށް އަތޮޅު ފުވައްމުލަކު އަތޮޅު ކައުންސިލް ހޮވުނުއިރު ތިން ވަނަ އަށް ހޮވުނީ ތ. އަތޮޅު ކައުންސިލެވެ.
މި އެވޯޑް ދިނީ ކައުންސިލްތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މިދިޔަ އަހަރު ކައުންސިލްތަކުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް އެލްޖީއޭ އިން ބުންޏެވެ. އެގޮތުން ރަނގަޅަށް ޕާފޯމް ކުރާ ކައުންސިލަކުން ވެސް އެލްޖީއޭއަށް މައުލުމާތު ފޯރުކޮށްނުދޭނަމަ ރޭކިންގައި ރަނގަޅު ވަނައެއް ނުލިބި ހިނގައިދާނެ ކަމަށް އެލްޖޭއޭ އިން ބުންޏެވެ.
އެލްޖީއޭ އިން ބުނީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރަނގަޅު ކައުންސިލްތައް ހޮވައި އެވޯޑް ދޭން ހަމަޖެހިފައިވާ ކަމަށެވެ.
އެންމެ ހިންގުންތެރި ކައުންސިލަކަށް ވުމަށްޓަކައި އޭދަފުށީ ކައުންސިލުން ކޮށްފައިވާ މަސައްކަތްތައް ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ….
ރައްޔިތުންގެ ފައިދާއާއި ލާބަހުރި އެއްވެސް މަސައްކަތެއް ކޮށްފައިނުވާ، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެއްވެސް ކަމެއް މުއްދަތުގައި ފުރިހަމަ ނުކުރާ ކައުންސިލަކަށް މި އެވޯޑު ލިބުމުން އަޅުގަނޑު ކަންބޮޑުވެ ހިތަާމަކުރަން. މިއީ ބ.އަތޮޅުގެ އެހެން ރަށު ކައުންސިލްތަކަށް ވެވުނު ވަރަށް ބޮޑު ބޭ އިންސާފެއްކަމުގައިވެސް ދަންނަވަން. މިކަން އިތުރަށް ބެއްލެވުމަށް އެލްޖީއޭއަށް ގޮވާލަން. އަދި ރަށު ކައުންސިލް ހޮވުމުގައި އަތޮޅު ކައުންސިލްގެ ބަހެއް ވެސް ހޯދުމަކީ އެންމެ ރަނގަޅުގޮތްކަމުގައި ދަންނަވަން.
thi award eydhafushi ah hahgeh noon thi award hahgu vegen vanee B.maalhos ah
mee evves gothakun Eydhafushi councilah haggu awardeh noon. Furataham gaanoonee gothun laazim kuraa dhuvahah council ge meeting thah nubaavaa, aharee report husha naalhaa. Adhives rayyithun nah beynun vaa ethah kameh koh dhenee ET ga jeheema. Mivaruge councilakah mi award dhineema dheyha vanee thee evves mingadeh nethi hama beynun bayakah dhey ehcheh kan.
kihine minkuraa baeh they????