.ފޯ ސީޒަންސް ރިސޯޓްސްއިން އިސްނަގައިގެން ކޮންމެ އަހަރަކު ވެސް ފުރާވަރު އުމުރުގެ ދިވެހި ދަރިވަރުންނަށް ހޮސްޕިޓެލިޓީ ދާއިރާއިން ހިންގާ ދަސްވާރު ޕްރޮގްރާމުގެ ދަށުން މި އަހަރު އޭދަފުށި 4 ޒުވާނުން ދަސްވާރުން ދަސްވެނިވެއްޖެ އެވެ
ފޯ ސީޒަންސް ލަނޑާ ގިރާވަރާއި ފޯ ސީޒަންސް ކުޑަ ހުރާގައި ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި މިދިޔަ އަހަރު، ރާއްޖޭގެ ޖުމްލަ 27 ރަށަކުން 305 ދަރިވަރުން އެޕްރެންޓިސްޝިޕަށް ހުށަހެޅި އިރު، އޭގެ ތެރެއިން ފުރުސަތު ދީފައި ވަނީ 61 ދަރިވަރުންނަށެވެ. އެ 61 ދަރިވަރުންގެ ތެރެއިން ދަސްވާރުކަން ފުރިހަމަ ކުރީ 52 ދަރިވަރުންނެވެ
.ދަސްވެނިވި ދަރިވަރުންގެ ތެރެއިން 30 ދަރިވަރަކު ދަސްވާރުކަން ފުރިހަމަ ކުރީ ފޯ ސީޒަންސް ލަނޑާ ގިރައިވަރުންނެވެ. އަދި ބާކީ 22 ދަރިވަރުން ދަސްވާރުކަން ފުރިހަމަ ކުރީ ފޯ ސީޒަންސް ކުޑަ ހުރާއިންނެވެ
ފަންސާސް ދެ ދަރިވަރުންގެ ތެރެއިން ސޭފް މެރިޓައިމް ޓްރާންސްޕޯޓުގެ ދާއިރާއިން ފަސް ދަރިވަރަކު ދަސްވެނިވެފައިވެ އެވެ. އަދި އަށް ދަރިވަރަކު ހައުސްކީޕިންގެ ދާއިރާއިން ދަސްވެނިވި އިރު، ވޯޓާ ސްޕޯޓްސް އެޓެންޑާންޓުގެ ގޮތުގައި ތިން ދަރިވަރަކު، ޑައިވް މާސްޓަރުންގެ ގޮތުގައި ތިން ދަރިވަރަކު، މެރީން ބަޔޮލޮޖީއިން ދެ ދަރިވަރަކު، އިންޖިނިއަރިންއިން ތިން ދަރިވަރަކު އަދި ފްރަންޓު އޮފީސްއިން ތިން ދަރިވަރަކު ދަސްވެނިވެފައި ވެ އެވެ
.މީގެ އިތުރުން، ފުޑް އެންޑް ބެވެރެޖެސް ސާވިސްއިން 13 ދަރިވަރަކާއި، ފުޑް އެންޑް ބެވެރެޖެސް ޕްރިޕެރޭޝަނުން 10 ދަރިވަރަކު ދަސްވެނިވި އިރު، މިއަހަރު އަލަށް ފެށި ސާފް އެޓެންޑަންޓުންގެ ދާއިރާއިން ދެ ދަރިވަރަކު ދަސްވެނިވެފައިވެ އެވެ
އޭދަފުށިން ދަސްވެނިވި ކުދިން
އަލީ ޝުއައިދް – ހައުސްކީޕިން ދާއިރާއިން
އަހުމަދު ނަޒުވާން – ސޭފް މެރިޓައިމް ޓްރާސްޕޯޓް ދާއިރާއިން
އިސްމާއިލް ސައީދް- ވޯޓަރ ސްޕޯޓްސް ދާއިރާއިން
ޖިނާން ހަމީދް – ފުޑް އެން ބެވަރޭޖް ސަރވިސް ދާއިރާއިން